English Edition
Dhivehi Edition

އިރާގުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނީ ހަނގުރާމައެއް ފަށާކަށް ނޫން ކަމަށާއި އެ ހަމަލާއަކީ އަމިއްލަ ސަލާމަތަށްޓަކައި ދިން ހަމަލާތަކެއް ކަމުގައި އިރާނުން ބުނެފިއެވެ.

އީރާނުގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒާރިފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމެރިކާ ގެ އަސްކަރި މަރުކަޒުތަކަށް ދިން ހަމަލާތަކަކީ ސަލާމަތީ ގޮތުން އިރާނަށް އަޅަން މަޖުބޫރުވި ފިޔަވަޅެއްކަމަށާއި އެ ފިޔަވަޅަކީ އދ. ގެ ގާނޫނުތަކުގެ ތަރަހައިގެ ތެރެއިން ދިން ހަމަލާއެއްކަމަށެވެ. އިރާނުން އެޅި ފިޔަވަޅަކީ އދ. ގެ 51 ވަނަ މާއްދާގައި ވާ ގޮތުން ސަލާމަތީ ފިޔަވަޅެއް. އަދި އެއީ އިރާނުގެ ރައްޔިތުންނަށް އަދި އިސް އޮފިޝަލަކަށް ދިން ހަމަލާ އާއި ގުޅިގެން އެޅި ފިޔަވަޅެއް”

އެމެރިކާއިގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަށް އަވަހާރަކޮށްލާފައިވާ އީރާން އަސްކަރިއްޔާގެ ދެވަނަ އަށް އެންމެ އިސް ވެރިޔާ، މޭޖާ ޖެނެރަލް ސުލެއިމާނީގެ މަރުގެ ބަދަލު ހިފާނެ ކަމަށް އިރާނުން ވަނީ ބުނެފައެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން އިރާނާއި އެމެރިކާ ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރުމަށް ގޮވާލާފައިވާއިރު ދުނިޔޭގެ ހުރިހާ ގައުމަކުން ގޮވާލި ނަމަވެސް އެމެރިކާއާއެކު އީރާނުން އެއްވެސް މަޝްވަރާއަކަށް ނުދާނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވެސް ވަނީ ވިދާޅުވެފައެވެ.