English Edition
Dhivehi Edition

އިރާނަށް އަމާޒުކޮށް އެމެރިކާއިން ހަމަލާތައް ދީފިނަމަ އިރާނުން ހަމަލާދޭނެ ތަންތަން އެ ގައުމުން އިއުލާންކޮށްފިއެވެ.

އިރާންގެ އޮފިޝަލުންނާއި ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނީ އެމެރިކާއިން ބަދަލުގައި ހަމަލާތައް ދީފި ހާލަތެއްގައި،އެނެމް ފުރަތަމަ ހަމަލާދޭނީ ޔޫއޭއީގެ ދުބާއީ އަށާއި އިސްރާއިލްގެ ހައިފާއަށް ކަމަށެވެ. “އިރާންގެ ފުރަތަމަ ދެ ހަމަލާ މި ފޮނުވީ އިރާގުގައި ހުރި އައިން-އަލް އަސަދު އަސްކަރީ މަރުކަޒަށާއި އެމެރިކާގެ އަސްކަރީ މަރުކަޒު އާބިލް އަށް. އެމެރިކާއިން އިތުރު ގޮތެއް ހަދާއިފިނަމަ ތިންވަނަ ހަމަލާ އަމާޒުކުރާނީ ސީދާ ދުބާއީ އަށާއި އިސްރާއީލުގެ ހައިފާއަށް. މި ހަމަލާވެގެންދާނީ އެ ތަންތަން ސުންނާފަތިކޮށްލާވަރުގެ ހަމަލާއަކަށް”އިރާނުންވަނީ ބުނެފައެވެ.

މެރިކާއިގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަށް އަވަހާރަކޮށްލާފައިވާ އީރާން އަސްކަރިއްޔާގެ ދެވަނަ އަށް އެންމެ އިސް ވެރިޔާ، މޭޖާ ޖެނެރަލް ސުލެއިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން ، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އިރާނުން “ޝަހީދު ސުލެއިމާނީ”ގެ ނަމުގައި ފަށާފައިވާ އޮޕަރޭޝަންގައި އިރާނުން ގިނަ ހަމަލާތަކެއް އެމެރިކާގެ އަސްކަރި މަރުކަޒުތަކަށް އަމާޒުކޮށްފައިވާއިރު އިރާނުންވަނީ ސެލެއިމާނީގެ މަރުގެ ބަދަލު ހިތި ގޮތަކަށް ހިފާނެ ކަމުގައި ބުނެފައެވެ.

އެމެރިކާ އާއި އިރާނުގެ ދެމެދުގައި ހަނގުރާމައެއް ފެށުމުގެ މަލަމަތި ފެންނަން ފަށާފައިވާއިރު ހަނގުރާމައެއް ފެށިއްޖެ ނަމަ އެކަމުގެ އަސަރު ދުނިޔޭގެ އިގްތިސޯދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވަނީ ބުނެފައެވެ. މި ގޮތުން ސުލައިމާނީ އަވަހާރަކޮށްލުމާއެކު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހަތްދިހަ ޑޮލަރަށް ވަނީ އުފުލިފައެވެ.