English Edition
Dhivehi Edition

އެމެރިކާގެ ބޮން އަޅާ އަސްކަރީ މަތިންތާ ބޯޓުތައް އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒު، ޑިއޭގޯ ގާޝިއާ އަށް ފޮނުވަން ފަށައިފިއެވެ.

ރާއްޖެ ކައިރީގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒު، ޑިއޭގޯ ގާޝިއާ އަށް އެމެރިކާއިން މިހާތަނަށް ހަ ބޮންއަޅާ އަސްކަރީ މަތިންދާ ބޯޓު ފޮނުވާފައިވާއިރު އެގައުމުގެ އަސްކަރިއްޔާ އިން ބުނީ މިއީ އިރާނާއި ދެކޮޅަށް ކުއްލި ހަމަލާއެއް ދޭން ޖެހިއްޖެ ނަމަ އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައްކަމަށެވެ.ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާއިރު ޑިއޭގޯ ގާޝީއާ އަށް އަސްކަރީ މަތިންދާ ބޯޓުތައް ފޮނުވި އެންމެ ބޮޑު ސަބަބަކީ އިރާނުން ޓެސްޓުކޮށްފައިވާ އެންމެ ދުރު ރާސްތާ މިސައިލްވެސް އެހާ ހިސާބަށް ނުފޮރާނެކަމުގެ ޔަގީންކަން އޮތުންކަމަށް އެމެރިކާއިންވަނީ ބުނެފައެވެ. މީގެ އިތުރުން އެ ގައުމުގެ އަސްކަރިއްޔާއިން ބުނީ ޑިއޭގޯ ގާޝިއާއަށް ބޮން އަޅާ އަސްކަރީ މަތިންތާ ބޯޓުތައް ފޮނުވުމުގެ މާނައަކީ އެމީހުންގެ އޮޕަރޭޝަން ފެށުން ނޫން ކަމަށާއި އެއީ އެ ގައުމަށްވެސް ހަނގުރާމައެއް ފަށަން ޖެހިއްޖެ ހާލަތެއްގައި އެ ގައުމަށްވެސް ލިބިފައިވާ ބާރުތައް ދައްކާލުން ކަމަަށެވެ.

އެމެރިކާއިގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަށް އަވަހާރަކޮށްލާފައިވާ އީރާން އަސްކަރިއްޔާގެ ދެވަނަ އަށް އެންމެ އިސް ވެރިޔާ، މޭޖާ ޖެނެރަލް ސުލެއިމާނީގެ މަރާއެކު އެމެރިކާއާއި އިރާން އާއި ދެމެދު ހަމަނުޖެހުން ބޮޑުވެފައިވާ މި ދަޑިވަޅު ދެ ގައުމުންވެސް އަންނަނީ އެ ގައުމު އަނެއް ގައުމަށް ބަހުގެ ހަމަލާތައް ދެމުންނެވެ. މި ގޮތުން ސުލެއިމާނީގެ މަރުގެ ބަދަލު ހިތިގޮތަކަށް ހިފާނެ ކަމަށް އިރާނުން ބުނެފައިވާއިރު އެމެރިކާއިން ވަނީ އެ ގައުމަށް ހަމަލާދީފިނަމަ އިރާނަށްވެސް ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދޭނެކަމަށް ބުނެފައެވެ.