English Edition
Dhivehi Edition

މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރުމަށް ގޮވާލައި އެމެރިކާގެ ބޮޑެތި ސިޓީތަކުގައި މުޒާހަރާ ކޮށްފިއެވެ.

ބޭރުގެ މީޑިއާ ތަކުން ބުނެފައިވަނީ އެމެރިކާގެ ނިއުޔޯކާއި ވޮޝިންޓަންގެ މަގުތަކުގައި ފާއިތުވި ދެދުވަހު މުޒާހަރާކުރި މީހުން ވަނީ އިރާނާއި ދެކޮޅަށް ހަނގުރާމަ ނުކުރުމަށް ގޮވާލާފައެވެ. އަދި މުޒާހަރާގެ ބައިވެރިންވަނީ މެދުއިރުމަތީގެ ސުލްހައާއި ހަމަޖެހުމަށް ހުރަސްއެޅޭ ފަދަ ކަންތައްތައް އެމެރިކާ އިން ނުކުރުމަށް ވެސް ގޮވާލާފައެވެ. މުޒާހަރާ ކުރާ މީހުން ވައިޓް ހައުސް އާއި ޓްރަމްޕް އިންޓެނޭޝަނަލް ހޮޓެލް ކައިރި އަދި ނިއުޔޯކްގެ ޓައިމްސް ސްކެއާ އަށް އެއްވެ އަޑުއުފުލާފައިވާއިރު އެމީހުންވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިހްތިރާމްކުރުމަށްވެސް ގޮވާލާފައެވެ.

އެމެރިކާއިގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަށް އަވަހާރަކޮށްލާފައިވާ އީރާން އަސްކަރިއްޔާގެ ދެވަނަ އަށް އެންމެ އިސް ވެރިޔާ، މޭޖާ ޖެނެރަލް ސުލެއިމާނީގެ މަރުގެ ބަދަލު ހިފާނެ ކަމަށް އިރާނުން ވަނީ ބުނެފައެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން އިރާނާއި އެމެރިކާ ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރުމަށް ގޮވާލާފައިވާއިރު ދުނިޔޭގެ ހުރިހާ ގައުމަކުން ގޮވާލި ނަމަވެސް އެމެރިކާއާއެކު އީރާނުން އެއްވެސް މަޝްވަރާއަކަށް ނުދާނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވެސް ވަނީ ވިދާޅުވެފައެވެ.

އެމެރިކާއިން މޭޖާ ޖެނެރަލް ސުލެއިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކާއެކު ތިންވަނަ ބޮޑު ހަނގުރާމައެއް ފެށި ދުނިޔޭގެ އިގްތިސޯދު ފުނޑުފުޑުވެދާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅު ތެލުގެ އަގުވެސް ވަނީ ބޮޑުވެފައެވެ، މި ގޮތުން ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގުވަނީ 70.24 ލާރިއަށް އަރާފައެވެ.