English Edition
Dhivehi Edition

ރަންވީރް ސިންގް އާއި ލޯބީގެ ގޮތުން ގުޅި ކައިވެންޏާއި ހަމައަށް ދަތުރުކުރުމުގެ އެންމެ ބޮޑު ސިއްރަކީ އޭނާގެ އެހީތެރިކަމާއި އެއްބާރުލުން ކަމުގައި ބަތަލާ ދީޕިކާ ބުނެފިއެވެ.

ޖެއިޕޫރްގައި ކުރިއަށް ދިޔަ އިވެންޓެއްގައި ވާހަކަދައްކަމުން ދީޕިކާ ވަނީ އޭނާ އާއި ރަންވީރްގެ ކައިވެނި އެހާ ރަގަޅަށް ކުރިއަށްދާ ސަބަބު ހާމަކުރަމުން ދީޕިކާ ވަނީ ރަންވީރު އަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަދައްކާފައެވެ. “އަހަރެންގެ މަސައްކަތާއި އަހަންނަށް ލިބޭ އާމްދަނީއަށް ރަންވީރު އިހްތިރާމްކުރޭ. މީގެ 07 އަހަރު ކުރިން އަހަންނާއި ރަންވީރު ލޯބީގެ ގޮތުން ގުޅުނު އިރު އޭނާ ކުރާ މަސައްކަތާއި އޭނާގެ އާމްދަނީ އާއި އޭނާގެ ކާމިޔާބީތައްވެސް ވަރަށް ތަފާތު. އެކަމަކު ދުވަހަކުވެސް އެ މައްސަލައެއް ނުޖެހޭ. ރަންވީރް އަކީ ވަރަށް އަންޑަސްޓޭންޑިން މީހެއް” ދީޕިކާ ބުންޏެވެ. މީގެ އިތުރުން ދީޕިކާ ބުނީ ބައެއް ފަހަރު އޭނާ މަސައްކަތުގައި ބިޒީވެ ގެއަށް ނާދެވޭ ފަހަރުވެސް އަންނަކަމަށާއި އެކަމަކު ދުވަހަކުވެސް ރަންވީރު އެކަމާއި ޝަކުވާ ނުކުރާ ކަމަށެވެ.

ދީޕިކާ އާއި ރަންވީރު ކައިވެނި ކޮށްފައިވަނީ 14 ނޮވެމްބަރު 2018 ގައި އިޓަލީގެ ލޭކް ކޮމޯ ގައެވެ. ކައިވެންޏަށްފަހު ވެސް ފިލްމީ މަސައްކަތްތަކުގައި ދީޕިކާ ގިނަ ވަގުތު ހޭދަކުރަމުން އަންނައިރު ދެން އެންމެ އަވަށް ދީޕިކާ ފެނިގެންދާނީ މެގްނާ ގުލްޒާރުގެ “ޗަޕާކް” އެވެ. މި ފިލްމު އަންނަ އަހަރު ޖެނުއަރި 10 ގައި ރިލީޒްކުރަންހަމަޖެހިފައިވާއިރު ދީޕިކާގެ މޮޅު ހުނަރު ފެނިގެންދާ “83” ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް 10 ގައެވެ.