English Edition
Dhivehi Edition

ފާއިތުވެދިޔަ އެއް އަހަރު ދުވަހަކީ ދިރިއުޅުމުގައި ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރެއް ކަމުގައި އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން އަދި ކަޕިލް ޝޯ ގެ ހޯސްޓް ކަޕިލް ޝަރްމާ ބުނެފިއެވެ.

މިއަދު އޭނާގެ ކައިވެންޏަށް އެއް އަހަރު ފުރުން ފާހަގަކޮށް ވާހަކަދައްކަމުން ކަޕިލް ބުނީ އޭނާގެ އަނބިމީހާ ގިންނީ ޗަޓްރަތާ އަކީ ވަރަށް އަޅާލާ އޯގާތެރި އަންބެއް ކަމަށެވެ. “ފާއިތުވެ ދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އަހަރެމެން ދުވަހަކުވެސް ދެ ބަސްވެ ޒުވާބުކުރަންޖެހޭ ހާލަތެއް މެދުވެރިވެފައެއް ނެތް. އަހަރެންގެ އަނބިމީހާ ގިންނީ އަކީ ވަރަށް އަންޑަސްޓޭޑިން މީހެއް.އޭނާގެ ރަގަޅު ކަމުގެ ވާހަކަ ކިޔައިދޭނަމަ، ނުލިޔެވޭ ވަރަށް ގިނަ ކަންތައްތައް ކިޔައިދެވިދާނެ” އަނބިމީހާއަށް ތައުރީފްކުރަމުން ކަޕިލް ބުންޏެވެ. މީގެ އިތުރުން ކަޕިލްވަނީ ފާއިތުވެ ދިޔަ އެއް އަހަރު ތެރޭ އޭނާއަށް ލިބުނު ކާމިޔާބީ ތަކަކީ އޭނާގެ އަނބިމީހާގެ ސަބަބުން ލިބުނު ކާމިޔާބީ ތައްކަމުގައި ބުނެފައެވެ.

މިދިޔަ އަހަރު ޑިސެމްބަރުމަހުގެ 12 ވަނަ ދުވަހު ކައިވެނި ކުރި ކަޕިލްއަށް ވަރަށް ފަހުން ދަރިއަކު ލިބިފައިވާއިރު ކަޕިލް ބުނީ އޭނާގެ ދަރިފުޅަކީ އޭނާގެ ނަސީބުކަމަށެވެ. “ގިންނީ އާއި ދަރިފުޅުވެސް ވަރަށް ރަގަޅު. އަހަރެން ބޭނުންވަނީ އެ ދެމައިންނާއި އެކު ވިހާވެސް ގިނަ ވަގުތެއް ހޭދަކުރަން”ކަޕިލް ބުންޏެވެ.