English Edition
Dhivehi Edition

މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާގެ މަގުބޫލު ޝޯ “ދަ ކަޕިލް ޝަރުމާ ޝޯ” ގެ އާ ސީޒަން މި މަހުގެ29 ވަނަ ދުވަހުގެ ރޭ ފަށާނެކަން އިއުލާންކޮށްފިއެވެ

ކުރިން މި މަހުގެ 23 ވަނަ ދުވަހު މި ޝޯ ފަށާނެކަން އިއުލާންކޮށް ޕްރޮމޯ ވެސް ދައްކައިލުމަށް ފަހު،ޝޯ ފެށޭ ތާރީހް ފަސްކޮށްފައިވަނީ ދިމާވި އެކިއެކި ސަބަބު ތަކާ ހެދިއެވެ.ސޮނީ ޓީވީން ގެނެސްދޭ މި ޝޯ ފުރަތަމަ އެޕިސޯޑު ހާއްސަކޮށްފައިވަނީ މި މަހުގައި އެޅުވުމަށް ތައްޔާރުވަމުންދާ ފިލްމު ‘ސިމްބާ’ގެ ޓީމަށެވެ. މިގޮތުން މި ސީޒަންގެ ފުރަތަމަ ޝޯގައި ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި ސާރާ އަލީ ހާން ފެނިގެން ދާނެ އެވެ.

“ކަޕިލް ޝަރްމާ” ޝޯ މިދިޔަ އަހަރުގެ ތެރޭގައި ހުއްޓައިލުމަށް ފަހު، މި އަހަރު ކުރީކޮޅު ސޮނީން ވަނީ “ފެމިލީ ޓައިމް ވިތު ކަޕިލް ޝަރްމާ” ގެ ނަމުގައި އާ ޝޯއެއްވެސް ގެނެސް ދީފަ އެވެ.