‘ދަ ކަޕިލް ޝަރްމާ ޝޯ’ އަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ޝޯއެކެވެ. ހާއްސަކޮށް ކަޕިލް މީހުން ހެއްވާލަން ގެންގުޅޭ އުކުޅުތަކަކީ ދިވެހިންނަށް ވަރަށް ކަމުދިޔަ އުކުޅުތަކެކެވެ. އެހެން ނަމަވެސް ދިމާވި ގިނަ މައްސަލަތަކުގެ ސަބަބުން ޝޯ ހުއްޓާލުމާއެކު ގިނަ ބަޔަކަށް ލިބިގެން ދިޔައީ ވަރަށް ވެސް ބޮޑު މާޔޫސްކަމެކެވެ
ގިނަ ދުވަސްތަކަކަށްފަހު އަނެއްކާވެސް މި އޮތީ ކަޕިލްގެ ފޭނުންނަށް އުފާވެރި ހަބަރެކެވެ. ދަ ކަޕިލް ޝަރްމާ ޝޯ” ހުއްޓައިލިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، އެ ޝޯއާ އެކު ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށް ކަޕިލް ވަނީ ބުނެފައެވެ
މިކަން އިއުލާންކޮށް ކަޕިލް ކުރި ޓުވިޓެއްގައި ބުނެފައިވަނީ އަނެއްކާވެސް ކަޕިލް ޝަރްމާ ޝޯ އާއި އެކު ސޮނީ ޓީވީއަށް ވަރަށް އަވަހަށް އެބުރި އަންނާނެކަމަށެވެ. “ހަފްތާ ބަންދުގައި ދައްކާ ކަޕިލް ޝަރްމާ ޝޯ އާއި އެކު ކަޕިލް ވަރަށް އަވަހަށް ސޮނީ ޓީވީއިން ފެންނާނެ. އުއްމީދަކީ ކަޕިލްގެ ހުނަރުވެރި ޓީމުން މި ޝޯ ފޯރިއާއި އެކު ކރިއަށް ގެންދިއުން”ސޮނީ ޓީވީއިން ވަނީ ބުނެފައެވެ
“ދަ ކަޕިލް ޝަރްމާ ޝޯ” އަލުން ގެނެސް ދިނުމުގެ ތައްޔާރީތައްވަމުން އަންނައިރު އަދި ޝޯ ދައްކަން ފަށާނެ ވަކި ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.
ބޭރުގެ މީޑީއާތަކުން ބުނެފައިވަނީ އަންނަ ހަފްތާގައި ޝޯގެ އިޝަތިހާރުތައް ދައްކަން