English Edition
Dhivehi Edition

އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން އަދި ކަޕިލް ޝޯވްގެ ހޯސްޓް ކަޕިލް ޝަރްމާ އަށް ދަރިއަކު ލިބިއްޖެއެވެ.

ކަޕިލް ޝަރްމާ އަށް އަލަތު ދަރިފުޅު ލިބިފައިވާކަން ޓްވިޓާ މެދުވެރިކޮށް ފޭނުންނާ ހިއްސާކުރީ ރޭދަންވަރު ވަގުތެއްގައެވެ. ކަޕިލްގެ ޓްވީޓްގައި ބުނެފައިވަނީ އޭނައަށް ލިބުނީ އަންހެން ކުއްޖެއް ކަމަށެވެ.

ކަޕިލް އާ އަނބިމީހާ އަށް އަލަތު ދަރިފުޅު ލިބުނުކަން އެންގުމާ އެކު ބޮލީވުޑް ގެ ތަރިންގެ އިތުރުން އޭނަގެ ފޭނުން ދަނީ މަރުހަބާ ކިޔަމުންނެވެ.

އުމުރުން 38 އަހަރުގެ ކަޕިލް އާއި އޭނަގެ އަނބިމީހާ ގިންނީ ޗަޓްރަތާ ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރު ޑިސެމްބަރ މަހު 12 ވަނަދުވަހުއެވެ. ކަޕިލްގެ އަލަތު ދަރިފުޅަށް ކިޔާނެ ނަމެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު ދަރިފުޅުގެ ފޮޓޯއެއްވެސް ފޭނުންނާ ހިއްސާ ކޮށްފައި ނުވެއެވެ.

ކަޕިލްއަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ކޮމޭޑިއަން އެވެ. ކޮމެޑީ ނަޓްސް ވިތް ކަޕިލްގެ ނަމުގައި ވެސް ޝޯތައް ކުރިއަށް ގެންގޮސްފައިވާ ކަޕިލް ވަނީ ތަފާތު ނަން ނަމުގައި ކޮމެޑީ ޝޯތައް ކުރިއަށް ގެންގޮސްފަ އެވެ.