English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ އާލިއާ ބަޓް އާއި ރަންބީރް ކަޕޫރްގެ ކައިވެންޏަކީ މިހާރު އެންމެ ގިނަ ބަޔަކު، ހާއްސަކޮށް މި ދެތަރިންގެ ސަޕޯޓަރުން އެންމެ އިންތިޒާރުކުރަމުންދާ ކައިވެނިކަން ޔަގީނެވެ.

2020 ވަނަ އަހަރު މި ދެތަރިން ކައިވެނިކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައިވާއިރު މި ކައިވެނީގެ ހަފްލާ ބާއްވާނެ ތަނެއްވެސް މިހާރު ނިމިފައިވާ ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ. ބޮލީވުޑްގައި ޑެސްޓިނޭޝަން ވެޑިންތަކަށް ބޮޑު މަގުބޫލުކަމެއް ލިބެމުން އަންނަ އިރު، މި ދެތަރިންގެ ކައިވެނީގެ ހަފްލާ ބޭއްވުމަށް ނިންމާފައިވަނީ ކަޝްމީރުގައި ކަމަށް ބައެއް މީޑިއާތަކުންވަނީ ބުނެފައެވެ. މީގެ ކުރިން އާލިއާ އާއި ރަންބީރު ކައިވެނި ކުރާނީ އިޓަލީގެ ލޭކް ކޯމޯގައި ކަމަށް ހަބަރު ފެތުރިފައިވީ ނަމަވެސް މި ކައިވެންޏާއި ބެހޭ ގޮތުން މި ދެތަރިންގެ އިތުރުން އާއިލާއިންވެސް އަދި އެއްވެސް ވާހަކައެއް މީޑިއާގައި ހިއްސާކޮށްފައެއް ނުވެއެވެ.

2017 ވަނަ އަހަރު މި ދެތަރިން އެކުގައި ފެނިގެން ދިޔަ ‘ރާޒީ’އަށް ފަހު ދެމީހުން ގެ ގުޅުން ބަދެހިވެ ލޯބީގެ ގޮތުން ގުޅިފައިވާއިރު މި ގުޅުމަކީ ދެ އާއިލާއިންވެސް ވަރަށް ބޮޑަށް ގަބޫލު ގުޅުމެކެވެ. ކައިވެނީގެ ކުރިން މި ދެތަރިންވެސް އެމީހުން ސޮއި ކޮށްފައިވާ ފިލްމުތައް ނިންމާލުމުގެ މަސައްކަތުގައި ބުރަ އުޅެމުން އަންނައިރު ދެން އެންމެ އަވަހަށް މި ދެތަރިން އެކުގައި ފެނިގެންދާނީ ‘ބުރައްމަސްތުރާ’ އިންނެވެ.