English Edition
Dhivehi Edition

ދާދިފަހުން ބައްޕަ އަކަށްވި ބޮލީވުޑްގެ އެކްޓަރު ރަމްބީރު ކަޕޫރަށް ކުޑައިރު އެންމެ ގިނައިން އިވެނީ އޭނަގެ މަންމަ އާއި ބައްޕަގެ ދެބަސްވުމާއި ޒުވާބުގެ އަޑު ކަމަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ ބުނެފިއެވެ.

ރިޝީ ކަޕޫރާއި ނީޓޫ އަކީ ވަރަށް ގިނައިން ގޭތެރޭގައި އަޑުގަދަކޮށް ޒުވާބުކުރާ ދެމީހުން ކަން ނިކިލްގެ ޔޫޓިއުބް ޗެނަލްގައި ހާމަ ކުރުމަށްފަހު ރަންބީރު ބުނެފައި ވަނީ އޭނާ އަށް އެކަމުން ވަރަށް އަސަރު ކޮށްފައި ވާކަމަށެވެ.

“ މަންމަ އާއި ބައްޕަ ޒުވާބު ކުރާ އަޑަށް އަހަރެން ގޭތެރޭގައި އިންނަ ސިޑިމަތީގައި ވަރަށް ގިނައިން އެ އަޑު އަހަން ހުންނަން، މިކަމުގެ ސަބަބުން އަހަންނާ ބައްޕައާ އަބަދުވެސް ދުރު ކަމެއް އޮވޭ، ބައްޕަ ދުވަހަކުވެސް އަހަރެން ދެކެ ލޯބިވާ ކަމަށް ބުނެފައި ނުވޭ، އަހަންނަށް ކުރި އަސަރުން ބައްޕަ އާ ދޭތެރޭ އަބަދު އަހަރެން ވެސް ދުރުމިނެއް ބަހައްޓަން” މުޅި ފުރާވަރު ދުވަސްވަރާއި ތުއްތު ދުވަސްވަރު ވެސް މި ހިތާމައާއި ބިރު ތަހައްމަލް ކުރި ރަންބީރު އެ އިންޓަވިއު ގައި މިވާހަކަ ކިޔައިދެމުން ބުނެފައި ވެއެވެ. އަދި ދުވަހަކުވެސް ބައްޕަގެ ލޮލުގެ ކުލަވެސް ނުދެކޭކަމަށާއި ބައްޕަ ދެކެ ގަންނަ ބިރަކުން އަބަދުވެސް ބައްޕަ ފެނުމުން އިސް ޖަހައިގެން އުޅޭ ކަމަށްވެސް އޭނާ ބުންޏެވެ.

“ބައްޕައަކީ ރުޅިގަދަ މީހެއް، ނަމަވެސް ރަނގަޅުވެސް މީހެއް. އާއިލާދެކެ ލޯބިވުމުގެ އިތުރަށް، ކެއުން އަދި މަސައްކަތާއި ރަލަކީ ބައްޕަ ހުރިހާ އެއްޗެއް ކަމަށް ބައްޕަ ދެކޭ” ރަންބީރު އިންޓަވިއުގައި އިތުރަށް ބުނެފައި ވެއެވެ.

ރަންބީރު ކުޑައިރު، ތައުލީމު ހާސިލުކުރުމަށް އޭނާގެ ދައްތަ ފުރައިގެން ދިޔުމުން މަންމަ އާއި ބައްޕައާ އެކީ އެކަނި އުޅެމުން އައި އިރު ކުރިމަތިވި މި ކަންތަކުން އޭނަ އަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން މީހަކު މާބާރަށް އެއްޗެއް ބުންޏަސް އޭނަ އެކަމާ ރުޅިއަންނަ ކަމަށް ބުނެފައިވެއެވެ. އަދި އަބަދުވެސް ޒުވާބުތަކަށް ފަހު މަންމަ އޭނައާއި ވާހަކަތައް ހިއްސާ ކުރާއިރު ދުވަހަކުވެސް ބައްޕަ އެއްވެސް ކަމެއް ހިއްސާނުކުރާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ނަމަވެސް ބައްޕައަށް ކެންސަރު ޖެހުމަށް ފަހު ބައްޕަ މަރުވުމާ ހަމައަށް މަންމަ ވަރުބަލި ކަމެއްނެތި އެހީވެ ކަންތައް ތައް ކޮށްދިން ފުރިހަމަކަން ފެނުމުން އެދެމީހުން ވާ ލޯބި އެއީ ހަގީގަތުގައިވެސް ވަރުގަދަ ލޯތްބެއްކަން ފާހަނގަވި ކަމަށާއި އޭރު ހިނގާދިޔަ ކަންތައް ތަކުން ދެމީހުންގެ ގުޅުމުގައި ހީނަރުކަމެއް ނުވާކަން އެނގުނު ކަމަށްވެސް އޭނާ ބުންޏެވެ.

ރަންބީރަށް ދަރިޔަކު ލިބުމުން އޭނާ އެކުއްޖާ ހިމާޔަތްކޮށް ގެންގުޅޭ ގޮތާއި އަދި އަނބިމީހާ އާލިއާ ބަޓް ހިމާޔަތްކޮށް އޭނަދެކެ ވާ ލޯތްބަކީ ރަންބީރު ކުޑައިރު ފެނުނު މަންޒަރުތަކުން ލިބިގަތް އިބުރަތެއް ކަމަށް މި އިންޓަވިއު ބަލައިލުމަށް ފަހު ވަރަށްގިނަ ފޭނުން ދަނީ ބުނަމުންނެވެ.