Kureege Raees Yaameen ah kuri hukumaai ehves gulhumeh neh:Gasim - AO News Kureege Raees Yaameen ah kuri hukumaai ehves gulhumeh neh:Gasim

ކޮވިޑް 19ކަވަރޭޖް

10,919,516CONFIRMED
6,106,402RECOVERED
4,291,726ACTIVE
521,388DEATHS
2,400CONFIRMED
1,969RECOVERED
416ACTIVE
10DEATHS
ކުރީގެ ރައީސް ޔާމީނަށް ކުރި ހުކުމާއި އެއްވެސް ގުޅުމެއް ނެތް: ގާސިމް
7 މަސް ކުރިން

ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު ޙުކުމުގައި އޭނާގެ އެއްވެސް ކަހަލަ ނުފޫޒެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު، ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

Advt

Advertisement

އެ ޕަޓީގެ އޮފީހުގައި ސިލްސިލާކޮށް ބާއްވަމުންދާ ބައްދަލުވުމުގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ އާދައިގެ މަތިން އޭނާއާއި މެދު ބައެއް ބޭފުޅުން ފާޑުފާޑުގެ ވާހަކަދައްކަމުން ގެންދާކަމަށެވެ. ގާސިމް މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގްގެ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ޙުކުމާއި، ގާސިމް އާއި ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވަހަކަތަކަށް އިޝާރަތްކުރައްވަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ގާސިމް ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު ޙުކުމުގައި އޭނާގެ އެއްވެސް ކަހަލަ ނުފޫޒެއް ނޯންނާނެ ކަމަށާއި އެ ފަސް ފަނޑިޔާރުން ނުވެސް ދަންނަކަމުގައެވެ.” އެބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ އަޅުގަނޑެއް ނޫންކަން ފަނޑިޔާރުގޭގައި ޙުކުމް ކުރަން ހުރީ، އަޅުގަނޑެއް ނޫންކަން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި އިނީކީ، އަޅުގަނޑެއް ނޫންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުރީވެސް. އަޅުގަނޑު މިއީ ކޮންތާކު ހުރި ކާކުތޯ، ކީއްކުރާ މީހެއްކަން.. އަޅުގަނޑަށް ކިހިނެތްތޯ އެބުނާ ކަންތައް ކުރެވޭނީ؟” ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގައި ހުންނަވަނިކޮށް، ޔާމީން ޖަލަށް ލުމުން، އިންސާފުން ކަންތައް ކުރުމަށް ގޮވާލި ކަމަށެވެ.