English Edition
Dhivehi Edition

މި މަހުގެ 12 ވަނަ ދުވަހު ޓެރެެރިޒަމްގެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފައިވާ ކަމަށް މޯލްޑިވިސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.

ފުލުހުން ބުނީ އމުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ ޓެރަރިސްޓު ޖަމާއަތްތަކުގެ ނިޝާންތަކާއި ލިޔެކިޔުންތައް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށް އާންމުކުރަމުންދިޔަ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި 27 އަހަރުގެ މީހާގެ ބަންދުގެ މުއްދަތައް 15 ދުވަސް ޖާހާފައިވާކަމަށެވެ.

މި މީހާ އާއި ބެހޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައި ނުވާއިރު މިއީ ޓެރަރިޒަމްގެ ޤާނޫނަށް އިސްލާހު ގެނައުމަށްފަހު ހައްޔަރުކުރި ފުރަތަމަ މީހާ އެވެ.