English Edition
Dhivehi Edition

އެމްއީސީގެ ލާމަސީލު މެމްބަރުންގެ އެ ވޯޑު އެ ޖަމްްމިއްޔާއަށް މެދު ކެޑުމެއްނެތި 9 އަހަރު ދުވަހު ހިދުމަތްކޮށްދީފައިވާ ރަޝީދާ އިބްރާހީމް، ރިޔާ ސ.މީދޫ އާއި މަރިޔަމްދީދީ،ލިލީފެހި، ސ.މީދު ހޯދައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާރމެންޓްގެ ކޮމިއުނިޓީ އެމްޕަވާރމެންޓް ކޮންސަލްޓެންޓް ފާތިމަތު ޝެހެޒިނީ ޝަރަފުވެރިކޮށްދެއްވި ރޭގެ ޖަލްސާގައި އެ ޖަމްމިއްޔާ އަށް އެކިއެކި ގޮތް ގޮތުން އެހީތެރިވެދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީފިލާ ވަނީ އަރުވާފައެވެ. މި ގޮތުން އެމްއީސީގެ ފަރާތުން މި އަހަރު ހާއްސަ ދެ އެވޯޑެއް ތިން ފަރާތަކަށް ދީފައިވާއިރު މަރްޔަމްދީދީ އާއި ރަޝީދާ އިބްރާހިމްވަނީ ލާމަސީލު މެމްބަރުގެ އެވޯޑް ހާސިލްކޮށްފައެވެ.މީގެ އިތުރުން ޒުވާނުންގެ ތެރެއިން އިޖްތިމާއީ މަސައްކަތަށް ޝައުޤުވެރިކަމާއި އެކު އެންމެ ގިނަ އިން ހަރަކާތްތެރި ވާ އުމުރުން އެންމެ ހަގު ޒުވާނާގެ އެވޯޑް ހާސިލްކޮށްފައިވަނީ ޒަހުވާ ޒަރީރް ، ޖެނީވާ ސ.މީދޫއެެވެ.

މިރޭގެ ޖަލްސާގައި އެމްއީސީގެ ނައިބު ރައީސާ މަރްޔަމް ޝަޒްލީން ވަނީ އެ ޖަމްމިއްޔާއަށް ރަޝީދާ އާއި މަރިޔަމްދީދީ ކޮށްދީފައިވާ މަސައްކަތުގެ އަގު ވަޒަންކޮށް އެމްއީސީއިން ހޯދި ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައިވަނީ އެ ދެ ކަނބަލުންކަމުގައި ފާހަގަކޮށްފައެވެ. މި ގޮތުން މި ދެ މެމްބަރުން މީދޫގައި ތިބެ މި ދެ މެމްބަރުންނާއި ނުލާ އެމްއީސީގެ އެއްވެސް ހަރަކާތެއް ކުރިއަށް ގޮސްފައިނުވާކަން އެ ޖަމްމިއްޔާގެ ނައިބްރައީސާ ވަނީ ފާހަގަކުރައްވާފައެެވެ.

މީގެ އިތުރުން މިރޭ ‘އަރާތަރި އެވޯޑް’ ހާސިލްކުރެއްވި ޒަހުވާ ޒަރީރް އަކީ ސްކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރުން ފެށިގެންވެސް ރަށުގެ އިޖްތިމާއީ ހަރަކާތްތަކުގައި ޝައުޤުވެރިކަމާއެކު ބައިވެރިވާ ޒުވާނެއްކަމުގައި ޝަޒްލީންވަނީ ފާހަގަކުރައްވާފައެވެ.