English Edition
Dhivehi Edition

އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން އިންތިޒާމުކޮށްގެން ބާއްވާ ‘ބޭސިކް ޓު އެޑްވާންސް މޭކަޕް އާޓިސްޓްރީ ޕްލަސް ހިޖާބް ސްޓައިލް’ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސްޓެޕް ޓު ބިއުޓީ ސެލޫން އެކަޑަމީ އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގައެވެ. އައްޑޫ ސިޓީގެ ކޮންމެ ދާއިރާއަކަށް ފަސްޖާގަ ދީގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯސް އައްޑޫ ސިޓީގެ ތިން ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ. މި ގޮތުން ހެނދުނުގެ ސެޝަންތައް ހުޅުމީދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ހަވީރުގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަރަދޫފޭދޫގައެވެ. 05 ދުވަހުގެ މުއްދަތައް ކުރިއަށްދާ މި ކޯހުގެ ހިތަދޫގެ ސެޝަންތައް ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު އެވެ.

މި ކޯހުގައި ބައިވެރިވާ ކޮންމެ ބައިވެރިއެއްގެ އަތުން 1500 ރުފިޔާގެ ފީއެއް ނެގުމަށް ހަމަޖެހިފައިވާއިރު މި ކޯހުގައި ތިން ވައްތަރުގެ ހިޖާބް އެޅުމާއި، ބަރައިޑަލް މޭކަޕް، ޕާޓީ މޭކަޕް، އޮފީސް އަދި ކެޝުއަލް މެކަޕްކުރާނެ ގޮތް ދަސްކޮށްދޭނެއެވެ.