English Edition
Dhivehi Edition

ހަކުރުބަލީ (ޑައިބެޓީސް) އަކީ ދިގުމުއްދަތަކަށް ދެމިގެންދާ ބައްޔެކެވެ. މިއީ ގިނަ ބަޔަކަށް އޭގެ ކުރީކޮޅުގެ އަލާމާތްތަކާ މެދު ފަރުވާކުޑަކޮށްލެވޭ، ސައިލެންޓް ކިލަރ އެއްގެ ގޮތުގައިވެސް މަޝްހޫރު ބައްޔެކެވެ.ޑޮކްޓަރުން ހާމަކުރައްވާ ގޮތުގައި، މި ބަލީގެ ސިގްނަލްތައް ކުރީކޮޅުގައި ދެނެގަނެވުމަކީ، ސީރިއަސް މައްސަލަތަކުން ރައްކާތެރިވުމަށާއި ވަގުތުން ފަރުވާ ހޯދުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ޓައިޕް 2 ހަކުރުބަލި ޖެހުމުން، ބަލި ބޮޑުވަމުންދަނީ ވަރަށް ލަަސްލަހުން ކަމަށް ވެދާނެއެވެ. އެހެންކަމުން، މި ބަލި ކުރިއާލާ ދެނެގަތުމަށްޓަކައި މިފަދަ އަލާމާތްތައް އެނގުން މުހިންމެވެ.

އެގޮތުން:

  • ގިނަގިނައިން ކުޑަކަމުދާންޖެހުމާއި މާ ބޮޑަށް ފެންބޮވުން: ހާއްސަކޮށް ރޭގަނޑު ވަގުތުތަކުގައި ގިނައިން ކުޑަކަމުދާންޖެހުމާއި، އަބަދު ފެންބޮވުން އިހުސާސްވުން.
  • ސަބަބެއް ނޭނގި ވަރުބަލިވުން: ހަށިގަނޑުން ހަކަތަ ހުސްވެ، އަބަދު ވަރުބަލިވެފައި ހުރުމާއި ސަމާލުކަންދޭން އުނދަގޫވުން.
  • ބަނޑުހައިވުން އިތުރުވުން: ކެއުމަށްފަހުވެސް ހަށިގަނޑުގެ ސެލްތަކަށް ބޭނުންވާ ހަކަތަ ނުލިބުމުގެ ސަބަބުން އަވަސްއަވަހަށް ބަނޑުހައިވުން.
  • ލޮލުގެ ފެނުން ފުސްވުން: ލޭގައި ހަކުރު ހުންނަ މިންވަރު މަތިވުމުގެ ސަބަބުން ލޮލުގެ ފެނުމަށް ވަގުތީގޮތުން ބަދަލުއައިސް ފުސްވުން.
  • ފާރުތައް ފަސޭހަވާން ގިނަދުވަސް ނެގުން: ހަށިގަނޑުގައި އަޅާ ޒަހަމްތަކާއި ކެނޑޭ ތަންތަން ފަސޭހަވާން އާދަޔާ ހިލާފަށް ގިނަދުވަސް ނެގުން.
  • ސަބަބެއް ނެތި ބަރުދަން ލުއިވުން: އެއްވެސް ހާއްސަ ސަބަބަކާ ނުލައި (ޑައިޓް ނުވަތަ ކަސްރަތު ނުކޮށް) ހަށިގަނޑުގެ ބަރުދަން ކުއްލިއަކަށް ލުއިވުން.

ހަކުރު ބައްޔަށް މުޅިން ފަސޭހަކުރެވޭނެ ފަރުވާއެއް ނެތް ނަމަވެސް، ދިރިއުޅުމުގެ އާދަތަކަށް ގެންނަ ބަދަލުތަކާއި ބޭހުގެ އެހީގައި މި ބަލި ކޮންޓްރޯލް ކުރެވިދާނެއެވެ.