English Edition
Dhivehi Edition
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގެ ތެރެއިން: ފޮޓޯ އީސީ

މ. ރަތްމަންދޫއާއި ވ. ރަކީދޫގެ ޑަބްލިއުޑީސީ އިންތިހާބު އަންނަ މަހު 20ގައި ބާއްވަން ނިންމައި، ކުރިމަތިލާން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުޅުވާލައިފިއެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޑަބްލިއުޑީސީ އިންތިޚާބުގައި ވާދަކުރުމަށް މިދިޔަ ޖަނަވަރީ 17އިން ފެބްރުއަރީ އެކަކަށް ހުޅުވާލި މުއްދަތުގައި ރަކީދޫއާއި ރަތްމަންދޫގެ ޑަބްލިއުޑީސީ ކޮމިޓީއަށް އިންތިޚާބު ކުރަން ޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާ ނުވާ ކަމަށެވެ. އެހެންވެ، އެ ރަށްތަކުގައި އަންނަ މަހު 20ގައި އިންތިޚާބު ބާއްވަން ނިންމައި، ކޮމިޓީ މަގާމުތަކަށް ކުރިމަތިލާން އީސީން ވަނީ ހުޅުވާލާފައެވެ.

ރަތްމަންދޫގެ ޑަބްލިއުޑީސީ ކޮމިޓީއަށް އިންތިޚާބުކުރަނީ ރައީސަކާއި ދެ މެންބަރުންނެވެ. އަދި، ރަކީދޫގެ ޑަބްލިއުޑީސީ ކޮމިޓީއަށް އިންތިހާބު ކުރަނީ މެންބަރަކާއި ކޮމިޓީގެ ރައީސެކެވެ.

އީސީން ބުނީ މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު 18ގެ 15:00އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.