English Edition
Dhivehi Edition

2015 ވަނަ އަހަރު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ފަރާތުން ތައްޔާރުކުރި ރިޕޯޓް ހެދުމުގައި އިސްލާމިކް މިނިސްޓްރީންވެސް ބައިވެރިވެފައިވާ ކަމުގައި އެ ޖަމިއްޔާގެ ރައީސާ ޝަހިންދާ އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލާގައި އެ ޖަމްއިއްޔާގެ އިސް ފަރާތްތައް ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރުމަށް އާންމުންނާއި އިދިކޮޅުން ގޮވާލަމުންދާ މި ދަޑިވަޅު ޝަހިންދާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ 2015 ވަނަ އަހަރު އެ ރިޕޯޓް ތައްޔާރުކުރާކަން އިސްލާމިކް މިނިސްޓްރީއަށްވެސް އެގިފައިވާކަމަށާއި އަދި އެކަމުގައި އެމިނިސްޓްރީންވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި އެ ރިފޯޓްގައި އިސްލާމިކް މިނިސްޓްރީގެ އިންޓަވިއުއެއްވެސް ހިމަނާފައިވާނެކަމަށް ޝަހިންދާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހިންދާ ވަނީ އަދާލަތު ޕާޓީ އާއި ޖަމިއްޔަތުލް ސަލަފުން ރިޕޯޓްގައިވާ ވާހަކަތައް އޮޅުވާލަން މަސައްކަތްކުރާކަމަށް ވިދާޅުވެ އެ ގޮތަށް އަމަލުކުރައްވާ ސަބަބާއިމެދު ސުވާލު އުފައްދާފައެވެ.