English Edition
Dhivehi Edition

ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު ޝަހިންދާ އިސްމާއީލް ކުރައްވާފައިވާ ޓްވީޓެއްގެ މައްސަލަ ބޮޑުވެ ފުލުހުން އެކަން ބަލަން ފަށައިފިއެވެ.

އެ ޓްވީޓަކީ އިސްލާމްދީނާ ބެހޭގޮތުން ޝަހިންދާ ކުރެއްވި ޓްވީޓެވެ. ޕޮލިސް އިންޓަރގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސާ އަދި މޯލްޑިވިއަން ޑިމޮކްރަސީގެ މިހާރުގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާގެ ޓްވީޓުގައި ވިދާޅުވެފައިވަނީ “މިދުނިޔޭގައި އިސްލާމްދީން ނޫން އެހެންދީންތަކަށް ފުރުސަތު ދެއްވީ ﷲ. ނޫންނަމަ އެހެން ދީނެއް ނޯންނާނެ އުތަ؟” މިހެންނެވެ.

ޝަހިންދާ މިޓްވީޓް ކުރެއްވީ އިސްލާމްދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅު ނޫހެއްގައި ލިޔެފައި އޮއްވައި އެޚަބަރު ޝެއާކުރައްވަމުންނެވެ.

އެ މައްސަލަ ބަލަން ފަށައިފައިވަނީ އެއީ ދީނާ ފުށުއަރާ މައްސަލައަކަށް ވާތީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޝަހިންދާގެ ޓްވީޓުގެ ސަބަބުން ބައެއް މީހުން ގެންދަނީ އޭނާއަށް ފާޑުކިޔަމުންނެވެ.