English Edition
Dhivehi Edition
އެމްޑީއެންގެ އެގްޒެކެޓިވް ޑިރެކްޓާ ޝަހިންދާ އިސްމާއިލް

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލީ އުސޫލުން ބޭރުން ކަމަށާއި ޖަމްއިއްޔާގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް އެ ޖަމްއިއްޔާއން ބުނެފިއެވެ.

މިހާރު ރަސްމީކޮށް އުވާލާފައިވާ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޖަމްއިއްޔާ އުވާލާފައިވާ ކަން ސަރުކާރުން ހާމަކުރީ، ޖަމްއިއްޔާގެ ރަޖިސްޓްރީ ބާތިލު ކުރަން ޔޫތް މިނިސްޓްރީން އެންގި އެންގުމަށް ޖަވާބު ދީފައި ނުވާތީ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް، އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ބުނެ އެމްޑީއެނުން ވަނީ އެކަން ދޮގުކޮށްފައެވެ.

” ޔޫތް މިނިސްޓްރީން ފޮނުވި ސިޓީއަށް ނޮވެމްބަރު ހަ ވަނަ ދުވަހު ވާނީ ޖަވާބު ފޮނުވާފައި. އަދި އެ ސިޓީގައި މިނިސްޓްރީގެ ނިންމުމަކީ ޣައިރުގާނޫނީ ނިންމުމެއްގެ ގޮތުގައި އެ ޖަމްއިއްޔާއިން ދެކޭ ކަމަށާއި އެ ޖަމްއިއްޔާއިން ގާނޫނާ ހިލާފަށް ކަމެއް ކޮށްފައިވާނަމަ އެކަމަށް ބަޔާން ކޮށްދިނުމުގެ އިތުރުން ރަޖިސްޓްރާގެ ނިންމެވުން އަލުން މުރާޖައާ ކޮށްދިނުމަށް ވެސް ވާނީ އެދިފައި” އެމްޑީއެންގެ ބަޔާނުގައިވެއެވެ.

ޔޫތް މިނިސްޓްރީއަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުލިބި ލަސްވާތީ ނޮވެމްބަރު 10 ވަނަ ދުވަހު އިތުރު ސިޓީއެއް ވެސް ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް އޭގެ ތެރެއިން އެއްވެސް ސިޓީއެއްގެ ޖަވާބު ލިބިފައި ނުވާ ކަމަށް އެމްޑީއެން އިން ބުނެއެވެ. އަދި އިތުރުން، އެ ޖަމްއިއްޔާއަށް ކޮށްފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދައުލަތުގެ އެއްވެސް އިދާރާއަކުން ދީފައި ނުވާ ކަމަށް ވެސް އެ ޖަމްއިއްޔާއިން ބުނެއެވެ.

އެމްޑީއެން އުވާލާފައިވަނީ އިސްލާމްދީނަށާއި ކީރިތި ރަސޫލާ (ސޢވ) އަށް ފުރައްސާރަކޮށް އެ ޖަމިއްޔާއިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ޚިލާފު އެތައް ވާހަކަތަކެއް ވަނީ ލިޔެ ޝާއިއުކޮށްފައިވާ މައްސަލާގައެވެ. ނަމަވެސް އެމްޑީއެން އިން މިއަދު ނެރުނު ބަޔާނެއްގައިވަނީ ބުނެފައިވަނީ ވަނި އެ ޖަމިއްޔާ އިން 2016 ވަނަ އަހަރު ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ނުވަތަ އިސްލާމް ދީނާއި ހިލާފު ވާހަކައެއް ނޯންނާނެ ކަމަށެވެ.

“އެއާ ހިލާފަށް އިސްލާމް ދީނުގެ ނަމުގައި އެކި ފަރާތްތަކުން ހިންގަމުން ގެންދާ ނާލާއިގު އެތައްކަމަކާއި، އެކަންތައްތައް ކުރާ މީހުންނާއި، ކުރާ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮންނާނެއެވެ”. އެ ބަޔާނުގައި ވެއެވެ . އެމްޑީއެން އިން ބުނެފައިވަނީ އިތުރުން އެ ޖަމިއްޔާއިން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ ދިވެހި ރާއްްޖޭގެ ސުުލްހަ މަސަލަސްކަމާއި ޑިމޮކްރެސީގެ އުސޫލުތަކާއި ގާނޫނުގެ ވެރިކަމާއި އިންސާނީ ހައްގުތަކާއި ކަރާމާތް ނެގެހެއްޓުމަށް ކަމަށެވެ.

“ކުރިއަށް އޮތް ތާގައިވެސް މި ޖަމިއްޔާގެ މި މަސައްކަތް ﷲގެ ވާގިފުޅާއެކު ހުއްޓުމެއް ނެތި ކުރަމުން ގެންދާނަމެވެ”. އެބަޔާނުގައި ވެއެވެ.

އެ ޖަމިއްޔާ ރަސްމީކޮށް އުވާލާފައި ވަނީ އިއްޔެ އެވެ.