English Edition
Dhivehi Edition

އިސްލާމް ދީނާ ޚިލާފުވާގޮތަށް، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކުގެ ރައީސާ ޝަހިންދާ އިސްމާއިލް ކުރެއްވި ޓުވިޓް ދިފާއުކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވިޓްގެ މައްސަލައިގައި އެމަނިކުފާނަށް ޕީޕީއެމް އިން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ

މި މައްސަލައާއި ގުޅިގެން އިއްޔެ ޕީޕީއެމް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އިސްލާމްދީނާއި ހިލާފުވާ ގޮތަށް، ޝަހިންދާ ކޮށްފައިވާ ޓްވީޓަށް ހިތްވަރު ދެއްވައި ޝަހިންދާގެ ދިފާއުގައި ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއް ތެދުވެ ކުރައްވަމުން ގެންދާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ އެފަދަ ދީނާ ހިލާފު ވާހަކަތަކެއް ރައްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދައްކަމުން ގެންދާއިރު އެބޭފުޅާއާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ސިޔާސީ ލީޑަރުން އެކަމާ އިދިކޮޅަށް އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނު ހުންނެވުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ

ޝަހިންދާގެ ވާހަކަތައް ދިފާއުކުރައްވާ ނަޝީދު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ އާއްމުންގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކައް، ދީނީ އިލްމްވެރިންނާޢި ” ޝޭހުން” ގެ ފުށުން ހަމަލާތައް ލިބެމުން އަންނަ ކަމަށެވެ.އަދި މި ކަމަކީ ސަރުކާރުގެ ފަރާތުން ކުރުއްވާ ކަމެއް ކަމަށް ނަޝީދުވަނީ ތުހުމަތުކުރައްވާފައެވެ