English Edition
Dhivehi Edition

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް(އެމްޑީއެން) އުވާލަންޖެހޭ ކަމަށް ވިދާޅުވެ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީއެން އުވާލުމަށް ތާއިދު ނުކުރާކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާ، ބަޔާނެއް ނެރުމާއި ގުޅިގެން ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްދުފަހަނައެޅުން މުސްލިމުންނާއި ގުޅުވައި “ޓޮލަރަންސް” އެއީ “ތަހުޒީބު” ފަލްސަފާއެއްކަން ކިޔައި ދިނުމަށްފަހު، ހަމަ އެ ނޭވާގައި މުސްލިމުންނަށް ފުރައްސާރަ ކުރާ ލިޔުންތައް ދިފާއު ކުރަނީ މަކަރުވެރިކަމާއެކު އެހެން ދީންތަކަށް ރާއްޖެއިން ޖާގަ ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.

އިސްލާމް ދީނަށާއި މާތް ﷲ ގެ ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާގެ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލަން ޔޫތް މިނިސްޓްރީން އެންގުމާއި ގުޅިގެން އިއްޔެ އެމްޑީޕީއިން ނެރުނު ބަޔާނުގައި ބުނީ އެ ޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ. އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއީދު ނުކާރާކަމަށް އެ ޕާޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އެ ބަޔާނުގައި ބުނީ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެކަމަށެވެ.