ސަރުކާރުން ދަރަންޏަށް ރަހުނު ކުރަނީ ނިކަމެތިންގެ ޖީބުކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދުތައް ފޫބެއްދުމަށް ތިން ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލު (ޓީބިލު) ސަރުކާރުން ވިއްކުމާ ގުޅިގެން ސައީދު ވިދާޅުވީ ދައުލަތުގެ ހަރަދަށް ޒިންމާނުވަނީ އެ ސަބަބަށްޓަކައިކަމަށާއި އެއީ ގުޅިގެން ހިންގާ ބޮޑު ވިޔަފާރި ނެޓްވާކެއް ކަމަށެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ރަހުނުކުރަނީ މިހާރުވެސް “ނިކަމެތިވެފައިވާ”ނިކަމެތިންގެ ޖީބުން ކަމަށެވެ. “ރުފިޔާ އިތުރަށް ފެލާފަ ކުޑަދުވަސް ކޮޅެއްގެ ބޮޑު އިންޓަރެސްޓަކުން ފައިސާ އަނބުރަނީ!! ޓީބިލް އިޝޫކުރަން ޖެހުނީމަ ކުރުމަކީ އަބަދުވެސް ކުރާނެކަމެއް.” ސައީދު ވިދާޅުވިއެވެ.
ދައުލަތް ޚަރަދަށްޒިއްމާނުވަނީ މިސަބަބަށްޓަކައި. މިއީގުޅިގެންހިންގާ ބޮޑުވިޔަފާރިނެޓްވާކެއް.
ރަހުނުކުރަނީ މިހާރުވެސް “ނިކަމެތިވެފައިވާ”ނިކަމެތިންގެޖީބު.
ރުފިޔާއިތުރަށްފެލާފަ ކުޑަދުވަސްކޮޅެއްގެ ބޮޑުއިންޓަރެސްޓަކުން ފައިސާއަނބުރަނީ!!
ޓީބިލް އިޝޫކުރަންޖެހުނީމަ ކުރުމަކީ… pic.twitter.com/YybtlkrsZG
— Mohamed Saeed (@em_saeed) July 4, 2023
އިތުރަށް ސައީދު ވިދާޅުވީ އެހެންނަމަވެސް “ޚަރަދަށް ޒިންމާވުމުގެ ޤާނޫނު ތަޅުލާފައި” ސަރުކާރުން މި ހިންގަނީ ބޮޑު ޖަރީމާއެއް ކަމަށެވެ. “ޗެކްއެންޑްބެލަންސް” އަށް އޮތީ މަޖިލިސްގެ މާލިއްޔަތުކޮމެޓީ. އެކޮމެޓީގެ ޗެއާ އިސްވެ ހުރެ މިހާރު ހިންގަނީ ރައީސް ސޯލިހުގެ ކެމްޕެއިން! މިހާލަތުގައި ރައްޔިތުން ދައްކަންޖެހޭ ފައިސާ ނުދެެއްކުމުން ކުއްވެރިވާނެ މޯރަލް އިޝޫއެއް އޮވެދާނެބާ؟” ސައީދު ވިދާޅުވިއެވެ.