އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އަދި އާ ސަރުކާރުން މަޖިލީހަށް ހުށަހަޅާ ފުރަތަމަ ބަޖެޓް އެކުލަވާލުމަށް 8 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައިފިއެވެ.
އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ވިދާޅުވީ ބަޖެޓް އެކުލަވާލުމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމިޓީގައި ތިއްބަވާ ބޭފުޅުންގެ އަދަދު އަށަކަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.
އެ ބޭފުޅުންގެ ތެރެއިން ބަޖެޓް ކޮމިޓީ ޗެއާއެއްގެ ގޮތުގައި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކަނޑައަޅުއްވާފައިވާއިރު ދެން އެ ކޮމިޓީގައި ހިމެނެނީ
-
ކުރީގެ ނައިބު ރައީސް އަދި ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު
-
މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާން މައުމޫން
-
ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު
-
އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު
-
އިކޮނޮމިކްގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ލުވޭޒް
-
ޕެންޝަން އޮފީހުގެ ކުރީގެ ބޯޑް މެންބަރު އަބްދުލް ހަލީމް އަބްދުއްލަތީފް
-
ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުއެ ކޮމިޓީގެ މަސައްކަތްތައް މިދިޔަ ހަފްތާގައި ފަށާފައިވާ އިރު ފިރުޒުލް ވިދާޅުވީ ބަޖެޓް އެކުލަވާލާނީ އިންތިގާލީ ކޮމިޓީތަކުން މުއައްސަސާތަކަށް ގޮސް އެއްކުރާ މައުލޫމާތުތަކާއި އިންތިހާބީ ރައީސްގެ 100 ދުވަހުގެ ވައުދުތަކުގެ މައްޗަށް ވަރަށް ބޮޑަށް ބެލުމަށް ފަހު ކަމަށެވެ.