English Edition
Dhivehi Edition

އިއްޔެ ނ. މާޅެންދޫގައި ދަންޖެހިގެން މަރުވި ކަމަށް ބުނާ 11 އަހަރުގެ ކުއްޖާގެ ހަށިގަނޑު އިތުރު ޓެސްޓު ތަކެއް ހެދުމަށް މާލެ ގެނެސްފި އެވެ. ކުޑަކުއްޖާގެ މަރުގައި ޝައްކުތަކެއް ހުރި ކަމަށް ބެލެވޭތީ، އިތުރަށް ތަހުގީގު ކުރުމަށް އެ ކުއްޖާގެ ހަށިގަނޑު މިއަދު ހެނދުނު މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލަށްވަނީ ގެންގޮސްފައެވެ.

ނ.މާޅެންދޫ ސްކޫލުގެ ގްރޭޑް ހައެއްގައި ކިޔަވަމުން އައި އެ ފިރިހެން ކުއްޖާ ގޭތެރޭގައި ދަންޖެހިފައި ހުރި މަންޒަރު ފެނިފައި ވަނީ އެކުއްޖާގެ މަންމަ އަށް އެކަންޏެވެ..އެރަށު ސިއްހީ މަރުކަޒަށް ކުއްޖާ ގެންދިޔައިރުވެސް ކުއްޖާއޮތީ މަރުވެފައި ކަމަށްވެ އެވެ. އިއްޔެ ޖެންޑާ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކުއްޖާ މަރުވެފައިވާ ކަމަށް އެ މިނިސްޓްރީއަށް ރިޕޯޓު ކޮށްފައި ވަނީ އިއްޔެ މެންދުރުފަހު 2:15ގައި ކަމަށެވެ. ޖެންޑާ އިން ވަނީ އެ ކުއްޖާގެ އާއިލާގެ ހާލަތު ދެނެގަތުމަށާއި، އެ މައްސަލައިގެ ކަންހިނގާފައިވާ ގޮތް ސާފުކުރުމުގެ މަސައްކަތް އެވަގުތުން ވަގުތަށް ފަށާފައެވެ.