ދުވަސްވީ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ އެވެ. އެ މީހާ ދަންޖެހިފައި ހުއްޓާ ފެނުނީ ޅ.އަތޮޅު ނައިފަރުންނެވެ. ނައިފަރު ހޮސްޕިޓަލުން މިއަދު ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ވިދާޅު އުމުރުން ދުވަސްވީ މީހަކު މަރުވެގެން އެ ހޮސްޕިޓަލަށް މިއަދު ފުލުހުން ގެނެސްފައިވާ ކަމަށެވެ. މީގެ އިތުރު މައުލޫމާތެއް އެ ހޮސްޕިޓަލުން ނުދެއްވައެވެ.
ދަންޖެހުމުގެ ހާދިސާ ތަކުގެ މައުލޫމާތު ތަކަކީ ފުލުހުން ނޫސްތަކަށް މައުލޫމާތު ހިއްސާ ކުރާ ހާދިސާތަކެއްނޫނެވެ.
އިއްޔެ މާލޭގެ ގެއެއްގައި ވެސް ކުޑަ ކުއްޖަކު ދަންޖެހިފައި ހުއްޓާ ވަނީ ފެނިފަ އެވެ. އެގޮތުން އިއްޔެ ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ ކުޑަ ކުއްޖެކެވެ. އެ ކުއްޖާ ދަންޖެހިފައި ހުއްޓާ ފެނުނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އެވެ.