English Edition
Dhivehi Edition
high contrast image of a hangman's noose

ރޯޝަނީ ގޯޅީގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި ދަންޖެހިފައި ހުރި ޒުވާނަކު ފެނިއްޖެއެވެ

މަޢުލޫމާތު ލިބިފައިވާގޮތުގައި، ދަންޖެހިފައި ހުއްޓައި ފެނުނީ އުމުރުން 24 އަހަރުގެ އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ ޒުވާނެކެވެ.’ އޭއޯ ނިއުސް’ އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ އެ ޒުވާނާއަކީ ރިސޯޓެއްގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެއްކަމަށާއި އޭނާ މާލެ ދިޔައީ އޮފްޑޭ އަށް ކަމަށެވެ

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީމި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ ހަވީރު 4:30 ހާއިރު ކަމަށާއި މި ހާދިސާ އާއި ގުޅިގެން ފުލުހުން މިހާރު ތަހުޤީޤެއް ފަށާފައިވާކަމަށެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން އިތުރު ތަފްސީލެއް ދީފައި ނުވާއިރު ވަރަށް ފަހުން އައްޑޫ ސިޓީ ހިތަދޫގައި ވެސް މީހަކުވަނީ ދަންޖެހިފައެވެ. އަދި މިދިޔަ ހަފްތާގެ ތެރޭގައި މާލޭ ގެސްޓް ހައުސްއަކުންވެސް ވަނީ ނިޔާވެފައި އޮތް ހިތަދޫ ޒުވާނަކު ފެނިފައެވެ