މާލޭގެ ގެއެއްގައި ކުޑަ ކުއްޖަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ ކަމުގެ މައުލޫމާތު އޮންލައިން ނޫސް “ވަގުތު” ނޫހުން ބުނެފިއެވެ. އެ ނޫހުން މިހެން ބުނީ މީގެ ބައިގަޑިއެއްހާ އިރު ކުރިންނެވެ.
ވަގުތު ނޫހުން ބުނެފައި ވަނީ ދަން ޖެހިފައި ހުއްޓާ ފެނުނީ ފިރިހެން ކުއްޖެއް ކަމަށްއި އެ ކުއްޖާ ދަންޖެހިފައި ހުއްޓާ ފެނުނީ މިއަދު ހެނދުނު ކަމަށެވެ.
އެ ނޫހުން ބުނީ އެ ކުއްޖާ އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
“މިހާދިސާ އާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަން ފުލުހުން ވަނީ ދެކޮޅު ހަދާފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދަން ޖެހުމުގެ ހާދިސާތަކުގެ މައުލޫމާތު މީޑިއާ އާއި ހިއްސާނުކުރާ ކަމަށެވެ.” ވަގުތު ނޫހުގައި ބުނެފައި ވެއެވެ.