English Edition
Dhivehi Edition

އަންނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ކައުންސިލް އިންތިޚާބު ބާއްވާން ނިންމާ އެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެ އިލެކްޝަނުން ތާރީހުތައް އިއުލާން ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ އެޕްރީލް ފުރަތަމަ ހަފްތާފަގައި އިންތިހާބު ބާއްވާއިރު، އިންތިހާބަށް ކުރިމަތިލުމަށް ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުވާލާނެކަމަށެވެ.

ކައުންސިލް އިންތިހާބާއި ބެހޭ ގޮތުން ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބަށްވުރެ ކައުންސިލް އިންތިހާބުގައި އޮޅުން ބޮޅުން ބޮޑުވާނެތީ އެ އިންތިހާބު ކުރީގެ އިންތިހާބުތަކާއި ތަފާތުކޮށް ބާއްވަން ނިންމާފައިވާކަމަށެވެ. މި ގޮތުން މިފަހަރުގެ އިންތިހާބުގައި ވޯޓުލާ ފަރާތްތަކަށާއި ކެންޑިޑޭޓުންނަށް ފަސޭހަ ކުރުމަށްޓަކައި އިތުރު ފޮށިތަކާއި ފޮށިތަކުގެ އަދަދުވެސް އިތުރު ކޮށްފައިވާނެ ކަމަށާއި ކޮންމެ ފޮއްޓަކަށް ވެސް ވޯޓުލާ އަދަދު މަދުކޮށްފައިވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.