English Edition
Dhivehi Edition
2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އަންހެނަކު ވޯޓުލަނީ - ފޮޓޯ: ހުސައިން ވަހީދު (މިހާރު)

ކޮވިޑް19 ގެ ސަބަބުން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް، އަލުން ފުރުސަތު ހުޅުވާލުމުގެ އަމުރަކަށް އެދި ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އިންތިހާބަށް ކުރިމަތިލާން އިތުރު ފުރުސަތެއް ހުޅުވާލުމަށް ހައި ކޯޓުން އަމުރުކޮށްދިނުމަށް އެދި މި މައްސަލަ މިދިޔަ ހަފްތާގައި ހައި ކޯޓަށް ހުށަހަޅާފައިވަނީ މުހައްމަދު ތަސްލީމް ކިޔާ މީހެކެވެ. އެ މައްސަލަ ހުށަހެޅި ފަރާތުން ވަނީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ދިގު ދަންމަލާފައިވާ ވަގުތީ ކައުންސިލުތަކުގެ ހާއްސަ ގާނޫނުގައި އޮންނަ މާއްދާ އުވާލަން ވެސް އެދިފައިވެއެވެ. އެ މާއްދާ އުވާލާނަމަ އިންތިހާބުގައި ވާދަކުރަން އަލުން ހުޅުވާލަންޖެހޭ، މައްދާގައި ވަނީ ކައުންސިލް އިންތިހާބު ބޭއްވުން ފަސްކުރިއަސް އިންތިހާބުގައި ވާދަކުރާނީ 06 މާޗު 2020 ގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ކެންޑިޑޭޓުންނަށްކަމަށެވެ. މި މައްސަލަ ހައި ކޯޓަށް ބަލައިގެންފައިވާއިރު މި މައްސަލައިގެ އަޑުއެހުން ބާއްވާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރަން އަލުން ފުރުސަތު ހުޅުވާލަން އަމުރު ކޮށްދިނުމަށް އެދި ހައި ކޯޓުގައި މައްސަލައެއް ހުށަހަޅާފައިވާއިރު،ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ފާސްކޮށްފައިވާ ގާނޫނުގެ ހަތް ވަނަ މާއްދާ އިސްލާހުކޮށްދިނުމަށް، އިލެކްޝަންސް ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބްވެސް ވަނީ އެދިވަޑައިގެންފައެވެ.

ކުރިއަށް އޮތް 2021 ވަނަ އަހަރު މާރިޗްމަހުގެ ހަވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާއިރު އެޗްޕީއޭ އިން ބުނެފައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސްފި ނަމަ ބަލި ކޮންޓްރޯލް ކުރަން އުނދަގޫވެދާނެ ކަމަށެވެ.

1 ކޮމެންޓް
ދުސްތޫރު
ޑިސެމްބަރު 27, 2020
މާބޮޑަށް ލަސްވެސް ވެއްޖެ ތިޔަކަން ކުރަން. ކުރަންޖެހޭ ކަމެއްތީ .