English Edition
Dhivehi Edition

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގެ ވަގުތީ ނަތީޖާތައް މިއަދު ހަވީރު އިއުލާން ކުރެވޭ ވަރުވާނެކަމަށް އިލެކްޝަން ކަމިޝަނުން ބުނެފިއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އަދިވެސް ހަތަރު ވޯޓު ފޮޓެއް މުޅިން ގުނާ ނިމިފައިނުވާ ކަމަށެވެ. މި ގޮތުން މިހާރު ގުނާ ނިމި ވޯޓް މަރުކަޒުގައި ނަތީޖާ އިއުލާނު ކުރެވިފައި ނުވަނީ ގދ ގެ ދެ ފޮއްޓަކާއި މާލޭގައި ބެހެއްޓި ދެ ވޯޓް ފޮއްޓެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ހުރިހާ ވޯޓްފޮއްޓެއް ގުނާ ނިމި މަރުކަޒުގައި ނަތީޖާ އިއުލާނު ކުރުމަށް ފަހު އެ ކޮމިޝަނުން ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށާނެކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މި އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު އިންތިހާބުގައި 3،934 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރި 2،264 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރި 1،670 ކެންޑިޑޭޓުންނެވެ.