މިޔަރުގެ މަސްވެރިކަން ހުއްދަކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން މިހެން ބުނެފައިވަނީ މިޔަރުގެ މަސްވެރިކަން އަލުން ފެށުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގައި ބައެއް މަސްވެރިން އެދިފައިވަނިކޮށެވެ. މިޔަރުގެ މަސްވެރިކަން އަލުން ހުއްދަކުރުމަށް މަސްވެރިން އެދިފައިވަނީ މިޔަރުތައް ގިނަވެ ކަނޑުމަހުގެ މަސްވެރިކަމަށް އަސަރުކުރާތީކަމަށް ބައެއް މަސްވެރިން ވަނީ ބުނެފައެވެ.
މަސްވެރިންގެ މި ހުށަހެޅުމާއި ގުޅިގެން ފިޝަރީސް މިނިސްޓްރީން ބުނީ ރާއްޖޭގައި މަނާކޮށްފައިވާ މަސްވެރިކަމުގެ ބާވަތެއްކަމަށްވާ ބުނީ މިޔަރުގެ މަސްވެރިކަން ހުއްދަކުރާ މިންވަރަށް ވުރެ މިޔަރުގެ އާބާދީ އަދި މަދުކަމަށެވެ. އެހެންކަމުން މި ބާވަތުގެ މަސްވެރިކަން އަލުން ރާއްޖޭގައި ފެށުމުގެ އެއްވެސް ވިސްނުމެއް ނު ގެންގުޅޭކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ. މީގެ އިތުރުން މިނިސްޓްރީން ބުނީ ރާއްޖެއިން މިޔަރާއި ވެލާ ފަދަ ޒާތުގެ ކަނޑުގެ ދިރުންތައް ހިމާޔަތްކޮށްފައި އޮތް އޮތުމަކީ ބައިނަލްއަޤްވާމީ ޤައުމުތަކުން ރާއްޖެ ބަލައިގަންނަކަމެއް ކަމަށާއި އެހެންކަމުން މިޔަރުގެ މަސްވެރިކަމާ ގުޅޭ އިތުރަށް ދިރާސާތައް ކުރުމަށްފަހު ނޫނީ، އެކަން ހުއްދަ ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
މީގެ އަށް އަހަރު ކުރިން މިޔަރު ބޭނުން ރާއްޖޭގައި މަނާކޮށް ހިމާޔަތްކޮށްފައިވަނީ އޭރު މިޔަރުގެ އާބާދީ މަދުވެ ރާއްޖޭގެ ކަނޑުން މިޔަރު ގެއްލިދާނެކަމުގެ ބިރަށްޓަކައެވެ.