English Edition
Dhivehi Edition

ވައިގެ މަގުން ރާއްޖެއިން ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަތަކެއް އެއާޕޯޓުން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ 14 ފޮއްޓެއްގައި ހުރި ޖުމުލަ 243 ކިލޯގެ މިޔަރު އުރަހަ މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައިވާކަމަށާއި މިތަކެތި ހިފަހައްޓާފައި ވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުންކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަގޮތުން ފޮށިތަކުގެ އެންމެ މައްޗަށް އަޅާފައި ހުރީ ލޮނުމަހެވެ. އަދި އޭގެ ދަށުގައި ކަޅު ކޮތަޅުގައި މިޔަރު އުރަހަ އަޅާފައިވެއެވެ.މީގެއިތުރުން މި ވީޑިއޯއިން ގިނަ އަދަދެއްގެ މިޔަަރު އުރަހަ ފޮށިތަކަކުން ހުސްކުރާ މަންޒަރުވެސް ފެނެއެވެ.

ގަވާއިދާއި ހިލާފަށް މިޔަރު ހިފައި އޭގެ އުރަހަ ވިޔަފާރީގެ ގޮތުގައި ބޭނުންކުރަމުންދާއިރު މީގެ ކުރިންވެސް މިފަދަ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކެއް މި އަހަރުގެ ޖަނަވަރީ މަހުވެސް ވަނީ އަތުލައިގެންފައެވެ