English Edition
Dhivehi Edition

ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން، ވައިގެ މަގުން ރާއްޖޭއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ ތަކެއް މިއަދު އަތުލައިގެންފި އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ތަކެތި އަތުލައިގެންފައިވަނީ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުންނެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި 21 ފޮއްޓެއްގެ ތެރެއިން 429 ކިލޯގެ މިޔަރު އުރަހަ ފެނިފައިވާއިރު މި މައްސަލަ ކާމައި ބެހޭ އިދާރާތަކުން އަންނަނީ ތަހުގީގުކުރަމުންނެވެ.
2010 ވަނަ އަހަރު ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުން މަނާކޮށްފައިވާއިރު މިޔަރުގެ އުރަހަ ފަދަ ތަކެތި އެކްސްޕޯޓު ކުރުންވެސް ވަނީ މަނާކޮށްފަ އެވެ.