English Edition
Dhivehi Edition

އައްޑޫ ސިޓީގެ ޕްރީ ސްކޫލް ޓީޗަރުންނަށް،އެ މަސައްކަތާއި ގުޅޭ އިތުރު ތަމްރީންތައް ހޯދައި ދިނުމަށް ސަރުކާރާއި، ޔޫއެންޑީޕީ ފަދަ ތަންތަނާއި ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ޝަރީފީ ޕްރީ ސްކޫލަށް 25 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރޮޒައިނާވަނީ ޕްރީ ސްކޫލް ތައުލީމްގެ މުހިއްމު ކަމާއި ބެހޭ ގޮތުން ވާހަކަދައްކާފައެވެ. މި ޖަލްސާގައި ރޮޒައިނާ ވިދާޅުވީ ކުއްޖާގެ ތައުލީމީ ބިންގާ އެޅިގެންދަނީ ޕްރީ ސްކޫލްތަކުން ކަމަށާއި އެހެންކަމުން އެ ސްކޫލްގެ މާހައުލަކީ އެ ކުއްޖާ އަންނަ ހިތްވާފަދަ މާހައުލަކަށް ހެދުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. މީގެ އިތުރުން ރޮޒައިނާވަނީ ޕްރީ ސްކޫލް ޓީޗަރުން ކުުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް ޓިޗަރުންނަށް ބޭނުންވާ އިތުރު ތަމްރީން ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ހަފްލާގައި ޝަރީފީ ޕްރީ ސްކޫލަށް އެކި ގޮތްގޮތުން ރޮޒައިނާ ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެ ސްކޫލުންވަނީ ރޮޒައިނާއަށް ހަނދާނީ ލިޔުމެއް އަރުވާފައެވެ. މީގެ އިތުރުން ސްކޫލަށް އެކިއެކި ގޮތްގޮތުން އެހީތެރިވެދީފައިވާ ފަރާތްތަކާއި 5 އަހަރު ހިދުމަތްކޮށްދީފައިވާ ފަރާތްތަކަށް، ސްކޫލުންވަނީ އެކަމުގެ އަގު ވަޒަންކޮށްފައެވެ.