English Edition
Dhivehi Edition
މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްއަށް ރައީސް އޮފީހުން ބަދަލެއްގެ ގޮތުގައި މި ސަރުކާރުން އެއްވެސް އެއްޗެއް ދީފައިވޭތޯ ބެލުމަށް، ރައީސް އޮފީހަށާއި ކައުންސިލްތަކަށް ސިޓީ ހުށަހަޅުއްވައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ރޮޒައިނާ ހުށހައޅުއްވި މި ސިޓީތަކުގައި ވަނީ ރައީސް އޮފީހުން ބަދަލެއްގެ ގޮތުގައި 2 ރަށާ ފަޅެއްގެ އިތުރުން 30 މިލިއަން ރުފިޔާ އާއި އަދި އޭނާގެ ނަމުގައި އެއްވެސް ރަށެއްގައި ބިންތަކެއް އޮތްތޯ ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ގޮތުން ރައީސް އޮފީހަށް ރޮޒެއިނާ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެ އޮފީހުގެ ބަދަލުދޭ ކޮމިޓީއިން ރޮޒެއިނާއަށް ގެއްލުމުގެ ބަދަލަކަށް 2 ރަށާއި ފަޅަކާއި 30 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށް “ދެންމެ” އޮންލައިން ނޫހުގައި ކިޔެފައި އިތް އޮތުމުގެ ސަބަބުން ވަރަށް ގިނަ މީހުންނަށް ވަނީ އެއީ ހަގީގަތުގައި ވެސް ހިނގާފައިވާ ކަމެއްކަން ގަބޫލު ކުރެވިފައި ކަމަށެވެ. ރޮޒައިނާ ވަނީ މިއަދާ ހަމައަށް ރައީސް އޮފީހުން އެފަދަ ބަދަލެއް ދޭން އުޅޭކަން އަދި އެއީ ކޮން ކަމަކާ ގުޅިގެން ދޭން އުޅޭ ބަދަލެއްކަން ނުވަތަަ އެއްވެސް ކަމަކާ ގުޅޭ ގޮތުން ބަދަލެއް ދޭން ޖެހޭ ކަން އެނގިލައްވާފައި ނުވާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ރައީސްގެ އޮފީހުން އެފަދަ ނިންމުމެއް ނިންމާފައިވޭތޯ ސާފުކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރޮޒައިނާ ވަނީ ލ. ގަމުގައި 1 މިލިއަން ރުފިޔާގެ އަގުހުރި ގޯއްޗެއް އޮތްކަމަށް ބުނާ ބުނުން އޮޅުންފިލުވުމަށް ހައްދުންމަތީ ގަމު ކައުންސިލް އިދާރާއަށްވެސް ސިޓީ ފޮނުއްވާފައެވެ. އަދި އައްޑޫ ސިޓީގައި 2 މިލިއަން ރުފިޔާގެ އަގުހުރި ގޯއްޗެއް އޮތްތޯ ބެލުމަށްވެސް ރޮޒައިނާ ވަނީ އެ ސިޓީގެ މޭޔަރަށް އެޑްރެސް ކުރައްވާ ސިޓީ ފޮނުއްވާފައެވެ.

އިތުރަށް ނ. އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުއްވި ސިޓީގައި ރޮޒައިނާ ވަނީ ނ. އަތޮޅުގައި ދީފައި އޮތް ކަމަށް ބުނާ 200 މިލިއަން ރުފިޔާގެ ފަޅު ރަށެއް އޮތްތޯ ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އަދި އދ. ގައި ރޮޒައިނާ ލިބިފައިވާކަމަށް ބުނާ 4 މިލިއަން ރުފިޔާގެ އަގުހުރި ބިމެއް އޮތްތޯ ބެލުމަށް އދ. އަތޮޅު ކައުންސިލް އިދާރާއަށް ވެސް ވަނީ ސިޓީ ހުށަހަޅުއްވާފައެވެ.

ޓެގު