English Edition
Dhivehi Edition
މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދާއިރާއަކަށް ދެން ވާދަނުކުރައްވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ނިމިގެން ދިޔަ އެމްޑީޕީ ޕްރައިމަރީގައި ފޭދޫ އުތުރު ދާއިރާއަށް ވާދަކޮށް ނާކާމިޔާބީ އާއި ކުރިމަތިލާންޖެހި ވަޑައިގެންނެވި ރޮޒައިނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެނާ ވާދަކުރި ދާއިރާގެ ޓިކެޓް ދެން ލިބުނަސް އެ ދާއިރާއަށްވެސް ކުރިމަތި ނުލައްވާނެކަމަށެވެ. ” ވަރަށް ސާފުކޮށް ދަންނަވަން. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ދެން ވާދަކުރާނެ ގޮތެއް ނެތް. އަޅުގަނޑު މިއީ ރައީސް ނަޝީދެއް ނޫން ބަލިވީމަ ބަލި ގަބޫލުކުރަން ނޭގިގެން އުޅެން. މީދީ ހާދާ ބޮލަށް ފަސޭހަވެފައޭ” ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީ ޕްރައިމަރީން ލިބުނު ނާކާމިޔާބީއަށް ފަހު ރޮޒެއިނާ ވިދާޅުވީ ޑުންގާ އަށް މަރުހަބާ ދަންނަވާ ކަމަށާއި އެމްޑީޕީ ފޭދޫ އުތުރު ހުރިހާ އެންމެން މި ގޮނޑި އެމްޑީޕީ އަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަކީ އެދުމެއް ކަމަށެވެ.