English Edition
Dhivehi Edition
ފޮޓޯ: ސޯޝަލް މީޑިއާ

އިއްޔެ ބޭއްވި އެމްޑީޕީގެ ވާދަވެރި، އިންތިހާބުގެ 6 ދާއިރާއެއްގެ ޕްރައިމަރީ އަންހެން ކެންޑިޑޭޓުން ކާމިޔާބުކޮށްފިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އިން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި އިންތިހާބުގައި 40 ދާއިރާއަކަށް 148 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ. މި އިންތިހާބުގައި 6 ދާއިރާއަކުން އަންހެން ކެންޑިޑޭޓުން ވަނީ ޓިކެޓް ކަށަވަރުކޮށްފައެވެ. މި ގޮތުން އެމްޑީޕީގެ ޓިކެޓް ކާމިޔާބުކޮށްފައިވަނީ

  • މާފަންނު އުތުރު ދާއިރާ – އިފްހާމް ހުސައިން
  • ހުޅުމާލެ މެދު ދާއިރާ – ސަފާތު އަހްމަދު ޒާހިރު
  • ހިންނަވަރު ދާއިރާ – ޖީހާން މުހައްމަދު
  • ފުވައްމުލަކު ދެކުނު ދާއިރާ – ނުޒްރާ ނަސީމް
  • ތިނަދޫ ދެކުނު ދާއިރާ – ޒިފްލީން ހަސަން
  • ދަނގަތީ ދާއިރާ – ރުގިއްޔާ މުހައްމަދު

ހުޅުމާލެ މެދު ދާއިރާއަށް ވާދަކުރެއްވި ސަފާތު މި އިންތިހާބު ކާމިޔާބުކުރެއްވީ 105 ވޯޓުންނެވެ. ސަފާތު އާއި ވާދަކުރެއްވި މުހައްމަދު ޝާން އަށް ލިބުނީ 39 ވޯޓެވެ. ފުވައްމުލަކު ދެކު ދާއިރާއަށް ވާދަކުރެއްވި ނަޒްރާ އަށް 434 ވޯޓު ލިބިފައިވާއިރު މި އިންތިހާބުގައި ނަޒްރާ އާއި ވާދަކުރެއްވި އަބްދުﷲ އަފީފް އަށް ލިބިފައިވަނީ 70 ވޯޓެވެ. ތިނަދޫ ދެކުނު ދާއިރާ އަށް ވާދަކުރެއްވި ޒިފްލީންއަށް 200 ވޯޓު ލިބިފައިވާއިރު އަބްދުލް އަޒީޒް ރިފާއުއަށް ލިބުނީ 152 ވޯޓެވެ