English Edition
Dhivehi Edition

ޕޯލިއޯ، ހެޕަޓައިޓިސް ބީ، ޓީބީ ފަދަ ބަލިތަކަށް އާންމުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްކުރަމުންދާ ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބް ބައްޗަން އަށް ޓިއުބާކްލޯސިސް (ޓީބީ) ޖެހިފައިވާކަން އޭނާއަށް އެގުނީ އެ ބިލި ޖެހުނުތާ 8 އަހަރު ފަހުން ކަމުގައި އަމީތަބް ބުނެފިއެވެ.

އަބަދުވެސް ސިއްހަތާއި ގުޅޭ ގިނަ އިޝްތިހާރުތަކާއި މައުލޫމާތުތައް އާންމުންނަށް ފޯރުކޮށް ދިނުމުގައި ވަރަށް އިސް ދައުރެއް އަދާ ކުރަމުންދާ އަމީތާބް މިހެން ބުނެފައިވަނީ ސިއްހަތާއި ގުޅޭ ކަންތައްތަކަށް އާންމުން ހޭލުނެތެރިކުރުމުގެ ގޮތުން ވާހަކަދައްކަމުންނެވެ. އަބަދުވެސް ޑޮކްޓަރަށް ދައްކާ ޗެކަޕް ހެދުމަށް އިލްތިމާޒުކުރަމުން އަމީތާބް ބުނީ އޭނާއަށް ޓީބީ އާއި ހެޕަޓައިޓިސް ބީ ޖެހިފައިވާކަމަށެވެ. އަދި ހެޕަޓައިޓިސް ބީ ޖެހުމުގެ ސަބަބުން ފުރަމޭގެ %75 ހަލާކުވެފައިވާ ކަމަށާއި އަދި މި ބަލި ހުރިކަން އޭނާއަށް އެގުނު އިރު މާ ބޮޑަށް ލަސްވެއްޖެކަމަށެވެ. “އަހަރެންގެ އަމިއްލަ ތަޖްރިބާއަށް ބަލާފަ އަހަރެން އަބަދުވެސް މި ބުނަނީ ގަވައިދުން ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިއްމު ކަމެކޭ. އޭރުން ބައްޔެއް ހުރިނަމަވެސް ބަލީގެ ކުރީކޮޅު އެގި އެކަމަށް އެކަށީގެންވާ ފަރުވާ ލިބިގެންދާނެ”އަމީތާބް ބުންޏެވެ. މީގެ އިތުރުން އަމީތާބް ބުނީ މިހާގެ ހަށިގަނޑުގައި ބައްޔެއް ހުރި ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އެކަމުގެ އަލާމާތްތައް ނުފެނި ހުރެދާނެކަމަށާއި އެހެންނަމަވެސް އަބަދުވެސް ޗެކަޕް ހައްދުމަކީ ބޮޑެތި ބަލިތަކުން ސަލާމަތްވުމަށް އެޅިގެންދާނެ ރަގަޅު ފިޔަވަޅެއްކަމަށެވެ

އަމީތާބްގެ އަމިއްލަ ތަޖްރިބާގެ ވާހަކަ ހިއްސާކުރަމުން ބުނީ ފުރަމޭގެ ބޮޑު ބައެއް ނެތިގެން ގޮސްފައިވާ ކަން އެނގުމުގެ ކުރިން މާބޮޑެތި އުނދަގޫތަކެއް ނުވާކަމަށާއި އެކަން އެނގުނީވެސް އާންމުގޮތެއްގައި އޭނާ ހަދަމުން އަންނަ މެޑިކަލް ޗެކަޕެއް ހެދުމުގެ ތެރޭގައި ކަމަށެވެ. އަމީތާބްގެ ފުރަމޭގެ 75 އިންސައްތަ ނެތިގެން ގޮސްފައިވާކަން އެނގުނީ 2000 ވަނަ އަހަރުގެ ތެރޭގަ އެވެ.

ޑަބްލިއުއެޗްއޯއިން ނެރުނު އެންމެ ފަހުގެ ތަފާސް ހިސާބުގެ ރިޕޯޓްތައް ދައްކާ ގޮތުގައި ދެކުނު އޭޝިއާ ސަރަހައްދުގައި ޓީބީ ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ގައުމީ އަވަށްޓެރި އިންޑީއާ އެވެ.