English Edition
Dhivehi Edition

ބައްޗަން އާއިލާގެ ހަގީގީ ‘ތަރި’ އަކީ ޝުވެތާ ކަމުގައި އޭނާގެ ބައްޕަ އަދި މަޝްހޫރު ފިލްމީ ތަރި އަމީތާބް ބައްޗަން ބުނެފިއެވެ.

ޝުވެތާ އާއި އެކު އަމީތާބު އެކުގައި ފެނިގެންދާ އިޝްތިހާރާއި ބެހޭ ގޮތުން ވާހަކަދައްކަމުން އަމީތާބް ބުނެފައިވަނީ ފުރަތަމަ ފަހަރަށް ކެމެރާ ކުރިމައްޗަށް އަރަން ޖެހުމުން ޝުވެތާ ޖެހިލުންވި ކަމަށާއި އެހެންނަމަވެސް އަމީތާބް އޭނާއަށް އެކަމުގައި އެހީތެރިވެދިން ކަމަށެވެ. ދަރިފުޅުގެ އެކްޓިން އާއި ބެހޭ ގޮތުން 75 އަހަރުގެ އަމީތާބް ބުނެފައިވަނީ ޝުވެތާ އަކީ ވަރަށް މޮޅު އެކްޓަރެސް އެއް ކަމަށެވެ.

މީގެ އިތުރުން އަމީތާބް ވަނީ ޝުވެތާ ލިޔެފައިވާ ފޮތް ‘ޕެރެޑައިސް ޓަވާރ’ އަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަދައްކާފައެވެ. “ޝުވެތާ ގެ މަސައްކަތާއި މެދު އަހަރެން ފަހުރުވެރިވަން. އަހަރެންގެ އުއްމީދަކީ އަހަރެންގެ ބައްޕަގެ ފިޔަވަޅުމަތިން ޝުވެތާވެސް ހުއްޓާނުލާ ލިޔުމުގެ މަސައްކަތް ކުރިއަށް ގެންދިއުން”އަމީތާބް ބުނެފައިވެއެވެ

ކަލަޔާން ޖުވެލާސްގެ އިޝްތިހާރާއި ބެހޭ ގޮތުން ޝުވެތާ ބުނެފައިވަނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ އެއްވެސް ޝައުގެއްނެތް ކަމަށާއި މި އިޝްތިހާރަކީ ހަމައެކަނި ކަލަޔާން ޖުވެލާސްއަށް ކޮށްދިން މަސައްކަތެއް ކަމަށެވެ