English Edition
Dhivehi Edition

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް އުދަ އަރަމުންދާތީ އެކަމަށް ސަމާލުވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާޒުކޮށްފިއެވެ.

މި ވަގުތު އައްޑޫ ސިޓީ މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަވަށަށް އުދަ އުރަމުންދާއިރު މިކަމަށް ސަމާލުވުމަށް ސިޓީ ކައުންސިލްއިންވަނީ އެދިފައެވެ. އަދި އުދައިގެ އަސަރު ފޯރާ ފަރާތްތަތަކުން މަރަދޫގައި ނަމަ 7787601، މަރަދޫފޭދޫ 7770603 އަދި ފޭދޫ އިން 7872956 އަށް ގުޅާ އެކަން ރިޕޯޓްކުރުމަށް ކައުންސިލުންވަނީ އެދިފައެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިންވެސް ވަނީ އިންޒާރުދީފައެވެ. ކ.އަތޮޅު ފެށިގެން ފުވައްމުލަކާއި ދެމެދުގެ ސަރަހައްދުތަކަށް އުދައުރާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިންވަނީ މިއަދު 15:30 ހާއި ހަމައަށް ވައިޓްއެލާޓް ނެރެފައެވެ. މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.