English Edition
Dhivehi Edition
ފޮޓޯ: ސުވޭ ހަސަން

ރާއްޖޭގެ އެކި ހިސާބުތަކަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި، ށ. ނަރުދޫ އަށް އުދަ އަރާ އެރަށުގެ ބައެއް ގެތަކަށް ގެއްލުން ވެއްޖެއެވެ.

ރޭ ދަންވަރު 02:00 އިން ފެށިގެން އެ ރަށަށް އުދައަރަން ފަށާފައިވާއިރު މިއަދު ހެނދުނު 6:00 އާއި ހަަމައަށް އެރަށުގެ އިރު އުތުރު ފަރާތުން އުދަ އަރާއި އަށް ގެއަކަށް ވަނީ ލޮނުވަދެފައެވެ. ފެން ވަތް 08 ގޭގެތެރެއިން 02 ގެއެއްގައި ކެއްކޭ ވަރު ނުވާ ވަރަށް ފެން ވަދެފައިވާއިރު މިހާރު ކައުންސިލާއި ރަށުގެ ރައްޔިތުން ގުޅިގެން، ގެއްލުން ލިބުނު ގޭގެއިން ފެންގަނޑު ހިންދައި، އެމީހުންނަށް އަލުން ގޭގައި އުޅެވޭނެ ވަރު ކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އިތުރަށް އުދައަރާފާނެ ކަމަށް ލަފާކޮށް ގޭގޭގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު މޫސުމާއި ބެހޭ ގައުމީ އިދާރާއިންވަނީ މިއަދުވެސް ރާއްޖެއަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އިލްތިމާޒުކޮށްފައެވެ.