English Edition
Dhivehi Edition

އުދައަރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މިއަދު މީޓިއޮރޮލޮޖިކަލް ސާވިސް އިން ހުދު ސަމާލު ނެރެފައިވަނީ މި ސަރަހައްދަށް މެންދުރު 1230 އިން 1530 އަށެވެ.

މިއަދު ރާއްޖޭގެ މޫސުން ކުރިޔަށް ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާކަމަށް އެ އިދާރިން ބުނެފައި ވެއެވެ.

“އިރާއި އިރުދެކުނުން، ދެކުނުގެ އަތޮޅުކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ، އެހެންހިސާބުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ.” މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުންޏެވެ.

ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު ކަނޑުުތައް ދެކުނުގެ އަތޮޅުތަކުގައި އާދައިގެވަރަކަށް ގަދަވެފައި، އެހެންހިސާބުތަކުގެއި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.