ސްޓާ ޕްލަސް އިން ދައްކަމުންދާ މަޝްހޫރު ޑްރާމާ ސިލްސިލާ ‘ކަސޯޓީ ޒިންދަގީ ކީ’ޑްރާމާ އަލުން ފަށަން އުޅޭ ވާހަކަ ދައްކަން ފެށީއްސުރެ މިއަދާއި ހަމައަށްވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ޑްރާމާއެކެވެ. ޑްރާމާގައި ކޮމޮލިކާގެ ރޯލުން ފެށިގެން މިސްޓަރ ބަޖާޖްގެ ރޯލުން ފެންނާނެ ތަރިއަކާއި ބެހޭ ގޮތުންވެސް ސޯޝަލް މީޑިއާގައި ބޮޑެތި ބަހުސްތަކެއް ކުރެވިގެންދިޔައެވެ. މިހާރު މި ބަހުސް މި އޮތީ ޑްރާމާގެ ކުރިއަށް އެޕިސޯޑްގައި (އެރިކާ ފެނަންޑޭޒް ) ޕްރޭނާ ކައިވެނީގެ ރަސްމިއްޔާތުގައި ބޭނުންކުރާ ހެދުމާއި ބެހޭ ގޮތުންނެވެ.
ބައެއް ފަރާތްތަކުން ސޯޝަލްމީޑިއާގައި ބުނެފައިވަނީ (ކަރަން) ބަޖާޖް އާއި ޕްރެނާގެ ކައިވެންޏަށް ޕްރެނާ ބޭނުންކުރާ ހެދުމަކީ ބިޕާޝާ ބާސޫގެ ހޮވުމެއް ކަމަށެވެ. އެހެންނަމަވެސް ގިނަ ބަޔަކަށް މިކަން ގަބޫލުކުރުންވީ އުދަގޫކަމަކަށެވެ. ޑްރާމާގައި ބަޖާޖް ގެ ރޯލުން ފެނިގެންދާ ކަރަންގެ އަނބިމީހާއަށް ބިޕާޝާ ވީ ކަމުގައިވިޔަސް މި ޑްރާމާއަށް ބިޕާޝާގެ ނުފޫޒެއް ނުފޯރާނެ ކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ.
އެންމެ ފަހުން މި ބަހުސް ހުއްޓުމަކަށް ގެނައުމަށް ކަރަން މި ވަނީ މި ވާހަކަތަކަށް ޖަވާބު ދީފައެވެ. “އެ ހެދުމަކީ ބިޕާޝާގެ ހޮވުމަކަށްވީ ނަމަ ރަގަޅު. އެކަމަކު މިފަހަރު އެއީ ބިޕާޝާގެ ހޮވުމެއް ނޫން.” ކަރަންވަނީ ބުނެފައެވެ. މީގެ އިތުރުން އެ ޑްރާމާގެ ޕްރޮޑަކްޝަން ޓީމުން ބުނީ ޑްރާމާގެ ސެޓުގައި ބިޕާޝާގެ ހޮވުމެއް ބޭނުންކުރަން ވާހަކަދެކެވުނު ކަމަށާއި އެހެންނަމަވެސް އެ ފަދަ އެއްވެސް ކަމެއް ހިނގާފައިނުވާކަމަށެވެ.
ބޮލީވުޑަށް ނުކުތުމުގެ ކުރިންވެސް ކަރަން މަޝްހޫރުވީ ސިލްސިލާތަކުންނެވެ. އެކްތާ ކަޕޫރުގެ “ކަސޯޓީ” އޭނާ އަށް ހުށަހެޅި އިރުވެސް އެކްތާގެ ދެ ވެބް ސީރީޒެއްކަރަންގެ އަތުގައި އެބަ އޮތެވެ. އެއީ “ބޮސް” އާއި “ޖުދާއީ” އެވެ.