English Edition
Dhivehi Edition

ޤާނޫނީ އިމުގެ ތެރެއިން މިއަދު ހ.ހާޖަރާގޭ ލުތުފީ ހުރީ ރާއްޖެ ގެނެސްފައިވާ ކަމަށް ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ލުތުފީ ރާއްޖެ ގެނައުމާއި ގުޅިގެން މަހްލޫފްކޮށްފައިވާ ޓުވިޓެއްގައި ވިދާޅުވީ ލުތުފީ އެމްބަސީ އަށް ވަންދުވަހުން ފެށިގެން ބަންދުގައި ބަހައްޓައިގެން ޤާނޫނީ އިމުގެ ތެރެއިން މިއަދު ލުތުފީ ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި ނިމިދިޔަ ޕީޕީއެމް ސަރުކާރުގައި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އަށާއި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އަށް އެގިހުރެ ނުކުރެވުނުކަން މިއަދު މި ސަރުކާރުން ކޮށްފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ. މީގެ އިތުރުން މަހްލޫފްގެ ޓުވިޓްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގެ އިތުރުން މިހާރުގެ ސީޕީ ހަމީދުއަށް ވަނީ ޝުކުރުދަންނަވާފައެވެ.

މަހްލޫފް މިހެން ވިދާޅުވެފައިވާއިރު ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީތެރޭގައި ދިރިއުޅެމުން ދިޔަ ވާހަކަ އެންމެ ފުރަތަމަ ހާމަކުރެއްވީ އުމަރު ނަސީރުއެވެ. ކުރީ ސަރުކާރުން ލުތުފީ ހޯދުމަށް ކުރި މަސައްކަތްތަކުގެ ތަފްސީލު ހާމަ ކުރައްވަމުން އުމަރު ވިދާޅުވީ، ލަންކާގެ މިނިސްޓާ އޮފް ލޯ އެންޑް އޯޑާއާ އެކު ކޮލޮމްބޯގައި ބޭއްވެވި ރަސްމީ ބައްދަލުވުމެއްގައި، ލުތުފީގެ މައްސަލަ އެޖެންޑާ ކޮށް، އެކަމުގައި ލަންކާގެ އެހީތެރިކަމަށް އެދިވަޑައިގަތް ކަމަށެވެ. އަދި ންކާގެ ޕޮލިސް ޗީފާ އެކު ބޭއްވެވި ރަސްމީ ބައްދަލުވުމެއްގައި ލުތުފީގެ މައްސަލަ އެޖެންޑާ ކޮށް، ލަންކާ ފުލުހުންގެ އެހީތެރިކަމަށް އެދި ވަޑައިގެންފައިވާ ކަމަށެވެ. މީގެ އިތުރުން ނޭޕާލުގައި ބޭއްވި ސާކް ގައުމުތަކުގެ ހޯމް މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރެއިން ލުތުފީ ހޯދުމާ ބެހޭ ގޮތުން ލަންކާގެ ހޯމް މިނިސްޓަރާ ވަކިން ބައްދަލު ކުރައްވާ ވާހަކަދެއްކެވި ކަމަށް އުމަރު ވިދާޅުވިއެވެ.

ޓެގު