English Edition
Dhivehi Edition

ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެންނަން ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ބަފައިބެ ހިންގި ބަޣާވާތުގެ ލީޑަރަށް ލުތުފީ ވުންކަމުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ ލުތުފީ ރާއްޖެ ގެނައުމުގައި ދަތިތަކެއް ހުރިކަމަށް ބުނެ ކަމާއި ބެހޭ އިދާރާތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ކުރި ޕޯސްޓެއްގައެވެ. އުމަރު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ގޮން ޖެހުންތަކެއް ހުރިނަމަ އެ ގޮން ޖެހުންތަކަކީ ބަފައިބެގެ ސަބަބުން އަންނަ ގޮންޖެހުންތަކެއް ކަމަށެވެ. އަދި ރެޑް ނޯޓިސް ނެރެފައިވުމަކީ، އެއްވެސް ހުރަހެއް ތަހުޤީގެއް ނެތި ވަގުތުން ކުށްވެރިޔާ ރާއްޖެ ގެނެވޭނެކަމެއް ކަމުގައި އުމަރުވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ އެއްވެސް އުޒުރެއް ނުދައްކާ ލުތުފީ ރާއްޖެ ގެނެއުމަށް ގޮވާލާފައެވެ. އަދި އުޒުރުތައް ދައްކާނަމަ މި މައްސަލަ ކޯޓަށް ހުށަހަޅައިގެން ފުލުހުންގެ މައްޗަށް ތަންފީޒީ އަމުރެއް ނެރޭނެކަމަށް އުމަރުވަނީ ވިދާޅުވެފައެވެ.

އުމަރުގެ އިތުރުން ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވެސްވަނީ ލުތުފީ ރާއްޖެ ގެންނަން ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ބަފައިބެ ހިންގި ބަޣާވާތުގެ ލީޑަރަށް ލުތުފީ ވުންކަމުގައި ވިދާޅުވެފައެވެ.ލުތުފީގެ މައްސަލައިގައި ރައީސް އަށާއި ސަރުކާރަށް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުން ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު މި މައްސަލައިގައި ރައީސް އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

މި މައްސަލައިގައި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއާ އަމިއްލައަށް ހަވާލުވި ވަގުތުން ފެށިގެން އެކަން ދިވެހި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށް އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ފެށާފައިވާކަމަށެވެ.