ރާއްޖެއަށް ދިން އުދުވާނީ ހަމަލާދިނުމަށް ރާވައި ހިންގި އިސް މޭސްތިރިޔާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ މިނިވަންވެއްޖެއެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގުޅިގެން ލުތުފީގެ މައްޗަށް ކުރި ހުކުމް މިދިޔަ ޖޫން މަހު ތަންފީޒުކޮށް ނިމިފައިވާއިރު ލުތުފީ މި ފަހުން ތަންފީޒު ކުރީ، ބޭސްފަރުވާއަށް ފޮނުވުމުން ފިލި މައްސަލައިގައި އޭނާގެ މައްޗަށް ކުރި ހުކުމެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ލުތުފީގެ ޖަލު ހުކުމުގެ މުއްދަތު މިއަދު ހަމަވެފައިވާ ކަމަށާއި އެހެންކަމުން އޭނާ މިއަދު މިނިވަން ކުރާނެ ކަމަށެވެ.
ހޯމް މިނިސްޓްރީން ޖެނުއަރީ 16، 2010 ގައި ލުތުފީ އެއް އަހަރު ދުވަހަށް އަމިއްލަ ޚަރަދުގައި ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ފޮނުވުމުން އޭނާ ވަނީ ފިލާފައެވެ. ލުތުފީ އަބުރާ ރާއްޖެ ގެނެސްފައިވަނީ 2019 ވަނަ އަހަރު ލަންކާގައި ދިން އީސްޓާ ބޮމުގެ ހަލަމާތަކާ ގުޅިގެން އެ ގައުމުގެ ސިފައިން ފެށި އޮޕަރޭޝަނާ އެކު، އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވުމުންނެވެ.