English Edition
Dhivehi Edition
ބާޣީ އަބްދުﷲ ލުތުފީ

ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ ބޭސްފަރުވާއަށް ފޮނުވާލުމުން އެނބުރި ރާއްޖެނައިސް ފިލި މައްސަލައިގައި ހަތް މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފިއެވެ.

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ އާއި ގުޅިގެން ޖަލު ހކުމެއް ތަންފީޒުކުރަމުން ދިޔަ ލުތުފީ ފިލާފައިވަނީ ހޯމް މިނިސްޓްރީއިން އެއް އަހަރު ދުވަހަށް އޭނާއަށް ދޫކުރި ވަގުތީ ޓްވެވަލް ޑޮކިއުމެންޓްގެ ދަށުން އަމިއްލަ ހަރަދުގައި ބޭސްފަރުވާ ކުރުމަށް 16 ޖެނުއަރީ 2010 ވަނަ ދުވަހު އިންޑިއާއަށް ދިޔުމަށް ފަހުއެވެ.

ކްރިމިނަލް ކޯޓުގައި މިދިޔަ ބުދަ ދުވަހު ކުރިއަށް ގެންދިޔަ އެ މައްސަލައިގެ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވަމުން ލުތުފީ ބުނެފައި ވަނީ ރާއްޖެއިން ބޭރަށް ފުރީ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ކަމަށާއި އެހެންކަމުން، އޭނާ ހަގީގަތުގައި މީހުން ބަންދު ކުރާ މަރުކަޒަކުން ފިލީ ކަމަށް ގަބޫލު ނުކުރާކަމަށެވެ. ނަމަވެސް އަވަހަށް މައްސަލަ ނިންމައި ހުކުމް ތަންފީޒުކޮށް ނިންމަން ބޭނުންވާތީ، ދައުލަތުގެ ދައުވާގައިވާ ކަންތައްތަކަށް އިއުތިރާފުވާން ބޭނުންވާ ކަމަށް ލުތުފީ ވަނީ ބުނެފައެވެ.