އައްޑޫސިޓީގައި ހުރި އާސާރީ ތަންތަނުގެ މަޢުލޫމާތު ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ ގޮތެއްގައި އެކުލަވާލުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ހެރިޓޭޖާއި އޮކްސްފޯޑް ސެންޓަރ ފޮރ އިސްލާމިކް ސްޓްޑީޒް އިން ފަށަައިފިއެވެ.
މި މަސައްކަތަކީ ދިވެހިރާއްޖޭގައި ހުރި ނެތިހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ އާސާރީ މާއްދީ ތަރިކަތައް ކިޠާބުކޮށް، އާންމުންނަށް ފަސޭހައިން ފެންނާނެ ގޮތަށް ‘އޯޕަން އެކްސެސް އޮންލައިން ހެރިޓޭޖް ޑޭޓާބޭސް’ އެއް އެކުލަވާލުމުގެ ގޮތުން 2018 ވަނަ ފެށި މަޝްރޫޢެކެވެ.ދެ އަހަރު ދުވަހުގެ މި މަޝްރޫއުގެ ދަށުން މިހާރު ލާމު އަތޮޅާއި ފުވައްމުލަކު ސިޓީގެ އާސާރީ ތަންތަނުގެ ސާވޭގެ މަސައްކަތް ވަނީ ނިމިފައެވެ.އަދި އައްޑޫގެ ސާވޭއަށް ފަހު ހއ. ހދ. ގއ. އަދި ގދ. ގައި ސާވޭ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިމަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށެވެ.