English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފަސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ކޮމިޝަންގެ ބިލް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 67 މެމްބަރުންގެ އިއްތިފާގުންނެވެ. މި ބިލަށް ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ އެއް މެމްބަރަކު އިންނެވި އެވެ.

މިބިލް މަޖިލީހުން ފާސްކުރެއްވިއިރު އެބިލަށް ވަނީ ތަޅުމުން ބައެއް އިޞްލާޙުތައް ގެންނަވާފައެވެ. މި ގޮތުން ރިޔާސީ ކޮމިޝަންތައް ރައީސުލްޖުމްހޫރިއްޔާ އުވާލައްވާނަމަ، އުވާލާއިރު އެފަދަ ކޮމިޝަންތަކުން ހޯދާފައިވާ ތަޙްޤީޤީ މައުލޫމާތުތަކާއި، ހެއްކާއި، ނަގާފައިވާ ހެކިބަސް އެއީ ސައްޙަ ތަކެތީގެ ގޮތުގައި ކަމާއި ގުޅުންހުރި ތަޙްޤީޤީ އިދާރާތަކަށް ފޯރުކޮށްދޭންޖެހޭގޮތަށްވެސް އިސްލާޙް ގެނެސްފައިވެއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށާއި، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސް އުފެއްދެވި މި ކޮމިޝަންއަށް ބާރުތައް ދިނުމަށް 18 ވަނަ ރައްޔަތުންގެ މަޖިލީހަށް ތިން ފަހަރު ހުށަހަޅާފައިވާއިރު ، އެޖެންޑާކޮށް ފާސްކުރެވޭވަރަށް މަޖިލީހުގެ އަޣްލަބިއްޔަތު ނުލިބުމުން މި ބިލްވަނީ އެޖެންޑާއިން ނަގާފައެވެ.